އައިފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ” ރ. އަލިފުށީގައި އަޅުވަން ނިންމައިފި އެވެ. އަލިފުށީ ‘ހީނާ ހޯލު’ގައި ފިލްމު ދެއްކުން އޮންނާނީ 17 ނޮވެމްބަރު 2023، ހުކުރުދުވަހުގެ ރޭގައެވެ.

ފިލްމު “ނީނާ”ގެ އަލިފުށީ ޝޯގެ ޓިކެޓް ހޯދުމަށް 9923672 އަށް ގުޅައިގެން ކުރިއަށް ދެވޭނެ އެވެ

މަޢުލޫމާތު ލިބޭ ގޮތުން އަލިފުށީގައި ފިލްމު “ނީނާ”ދައްކަނީ އެ ރަށު ‘ކޭކޭ ސްޓޫޑިއޯ’ގެ އިސްނެގުމާ އެކުގައެވެ.

ރަށްތަކަށް ދިވެހި ފިލްމު “ނީނާ” ގެންދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހަ އިންތިޒާމެއް، މި ފިލްމު އުފެއްދި އައި ފިލްމްސް އިން ހަމަޖައްސާފައިވެއެވެ. އެގޮތުން 7242555 އަށް މެސެޖެއްކޮށްލުމުން ޕްރޮސެސް ފެށޭނެއެވެ.

ފިލްމު “ނީނާ”އަކީ ދިވެހި ފިލްމާމެދު ‘ކަޑަކޮށް’ ދެކެމުން އަންނަ ފަރާތްތަކުގެ ވިސްނުން މުޅީން ބަދަލުކޮށްލާ ވަރުގެ ކޮލިޓީ އުފެއްދުމެއް ކަން މި ފިލްމު ބެލި ކޮންމެ މީހަކުވެސް އެއްބަސްވާނެ އެވެ.

06 އޯގަސްޓް 2023ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ފިލްމު “ނީނާ” އަޅުވައި ކާމިޔާބު ޝޯތަކެއް ދައްކާފައިވެއެވެ.

ފިލްމުގެ ލީޑް ނުޒުޙަތު ޝުޢައިބް (ނުޒޫ)ގެ އިތުރުން ޝަރަފް ޢަބްދުﷲ (ޝަރަފް)، މަރިޔަމް ރަޝީދާ. ޝަކީލާ، ހަމްދޫން ފާރޫޤްގެ އިތުރުން ޢަލީ ޔޫޝަޢު ފަދަ މުހިންމު ތަރިން ފެނިގެންދެއެވެ.

ނީނާ” ލިޔެ ޑައިރެކްޓްކުރަނީ “ބަވަތި” ވެސް ލިޔެ ޑައިރެކްޓްކުރި އިލްޔާސް ވަހީދު (އިއްލެ) އެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ”ބަވަތި“ގެ ފިރިހެން ލީޑް އެކްޓަރ އިފްނާޒް އެވެ. ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރަނީ އޯކޭޒްއިންކް އިންނެވެ. ކެމެރާކޮށްފައިވަނީ ވިޝާން (ކަނޑި) އެވެ.

މިފަހަރު ވެސް ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އަދި އަހުމަދު ވަހީދެވެ.

🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.