ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު “ޕާޓީ” ގެ ޝޫޓިންގ ތެރެއިން އެކްޓަރު ދޮން އައްޔައަށް އަނިޔާވެއްޖެ

– ފިލްމު “ޕާޓީ” ގެ މުހިންމު ރޯލެއްގައި ދޮން އައްޔަ ހަރަކާތްތެރިވޭ

އައިފިލްމްސް އިން އުފައްދާ އާ ފިލްމު “ޕާޓީ”ގެ މަސައްކަތް ކުރިއަށް ދަނިކޮށް، މަޝްހޫރު ފިލްމީ ތަރި ޢަލީ ޢާޒިމް (ދޮން އައްޔަ) އަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

އައިފިލްމްސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ޝޫޓިންގ ކުރިއަށް ދަނިކޮށެވެ. ފިލްމުގެ މަންޒަރެއް ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް ދޮން އައްޔަ ވެއްޓި، އޭނާގެ ކޮނޑުހުޅުން ވަނީ ނެއްޓިފައެވެ.

މި ހާދިސާއާ ގުޅިގެން އޭނާއަށް ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި، ޑޮކްޓަރުންގެ ލަފާގެ މަތިން ފަސް ދުވަސް ފަހުން އަލުން ރިވިއުއަކަށް ދައްކަން ޖެހޭ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

އަނިޔާގެ ސީދާ ތަފްސީލު ހާމަނުކުރި ނަމަވެސް، އައިފިލްމްސް އިން ބުނީ ދޮން އައްޔައަކީ މި ފިލްމުގެ ވަރަށް މުހިންމު އައްތައެއް ކަމަށެވެ. އެހެންކަމުން، ފިލްމުގެ ކުރިއަށް ހުރި ޝޫޓިންގތައް ކުރިއަށް ގެންދާނީ ޑޮކްޓަރުން އޭނާގެ ހާލަތު ބެލުމަށްފަހު ދޭ ލަފާގެ މަތިން ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.

މި ފިލްމަކީ ދިވެހި ފިލްމީ ދާއިރާގެ ރަނިކަން ކުރި މަޝްހޫރު ބަތަލާ ނިޢުމާ މުހައްމަދު، ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށްފަހު އަލުން ކެމެރާގެ ކުރިމައްޗަށް ނުކުންނަ ފިލްމެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ވެސް ނިޢުމާ މުހައްމަދެވެ.

“ޕާޓީ” ލިޔެ ޑައިރެކްޓްކުރަނީ ކާމިޔާބު ފިލްމުތަކެއް ދިވެހި ސިނަމާއަށް ގެނެސްދީފައިވާ ހުނަރުވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އެވެ.

 

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top