ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
100 ޑޮލަރަށް ކުޑަކުޑަ މުށިމަހެއް ގަނެފި

މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ފިލްމީ ދާއިރާގެ ފަންނާނުން އަމަލީގޮތުން ބައިވެރި ހިންގަމުން އަންނަ “އިންސާނިއްޔަތަށްޓަކައި” ފަންޑު ހޯދުމުގެ ހަރަކާތްތަކުގެ ތެރެއިން މަސްބާނައިގެން މަސް ވިއްކުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މިގޮތުން ވަރަށް ހެޔޮ އަގުގައި ގިނަ އަދަދެއްގެ ތާޒާ ފަރުމަސް ވިއްކިއިރު، ކުޑަކުޑަ މުށިމަހެއް 100 ޑޮލަރަށް ވިއްކާފައިވާކަން މިއީ ފާހަގަކޮންލަން ޖެހޭ ކަމެކެވެ.

ެ100 ޔޫއެސް ޑޮލަރަށް ކުޑަކުޑަ މުށިމަހެއް ގަނެ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނީ މުޙައްމަދު ނިޒާމް އަޙްމަދު (ނިޒާމްބެ) ކަމަށް “އިންސާނިއްޔަތަށްޓަކައި” ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ޢަބްދުﷲ މާހިރު، މުނިއަވަސްއަށް ބުންޏެވެ.

މުނިއަވަސްއިން ނިޒާމްބެއާ ގުޅައިލީމެވެ. ގިނަ ވާހަކަތަކެއް މިކަމުގައި ދައްކަން ބޭނުން ނުވާކަމަށް ބުނެ ނިޒާމްބެ ބުނީ:

“އެއީ ދެން އިންސާނިއްޔަތަށްޓަކައި ހިންގާ ހަރަކާތަކަށް ވާތީ ހަމަ އިންސާނިއްޔަތަށްޓަކައި ގަނެލީ.”

– މުޙައްމަދު ނިޒާމް އަޙްމަދު (ނިޒާމްބެ)

މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން “އިންސާނިއްޔަތަށްޓަކައި” ނަމުގައި ފަލަސްޠީނަށް އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ވަރުގެ ފުޅާ ހަރަކާތެއް ރާއްޖޭގެ އެއްވެސް ހިސާބަކުން މަދުން ނޫނީ ހިންގަމުން އަންނަތަން ނުފެންނަކަން ފާހަގަކޮށްލެވެއެވެ.

ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް މިދިޔަ މަހު 27 ވަނަ ދުވަހު ހަވީރު ރަސްމީކޮށް ފެށި ހަރަކާތްތަކުގެ ނިންމުން ބޭއްވުމަށް ވާހަކަދެކެވެމުންދަނީ މިމަހު 20ވަނަ ދުވަހުގައި ކަމަށް މާހިރު ބުންޏެވެ.

@muniavas MFA in Hingee Laamaseelu Harakaaiythakeh #palestine #fvpviral #foryou #foryoupage #fvpシ #muniavasnews #dhivehifilm @Fubu Scores @eupeonline @maryamnishaa32 @neumamohamed77 @mohamedmanik27 @Shiela Najeeb @Amjey Ibrahim @nims @Bro Raseed Moosa @Thug Rippe ♬ Brave background music for adventure and battle scenes(975426) – Yosuke Arita

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ޝާހު2 އަހަރު ކުރިން

ކުރިނވެސް ކަމެއް ހިނގާލި ނިމުނުއިރު ހަރަދަށް ވީނުވީ އެއް ނޭންގުނު

Home
Menu
Search
Back to top