ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނޭހާ ކައްކަރް އާއިލާއެކު ރާއްޖޭގައި

ސަން ޝިޔާމް އިރުފުށި ރިޒޯޓްގައި ބޮލީވުޑްގެ ސީރީޒެއް ކުޅެ އެޕިސޯޑްތައް ދެއްކިތާ ދުވަސްކޮޅެއް ފަހުން އެ ރިސޯޓްގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ނޭހާ ރާއްޖެ އައީ މދިޔަ ހުކުރު ދުވަހު އެވެ. އޭނާ ރާއްޖެ އައުމަށްފަހު އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއެއްގައި ބުނެފައިވަނީ އާއިލާއެކު ރާއްޖޭގެ ދަތުރު ފެށުނީ ކަމަށެވެ.

ނޭހާގެ މައިންބަފައިންނާއި އޭނާގެ ފިރިމީހާ ރޯހަންޕްރީތު ސިންގުގެ އިތުރުން ބޭބެ، ޓޯނީ ކައްކަރު ވެސް މި ދަތުރުގައި ބައިވެރިވެއެވެ. އަދި އިތުރު އާއިލާ މެންބަރުން ވެސް ހިމެނެއެވެ.

@muniavas Neha Kakkar in Maldives @sunsiyamirufushi #nehakakkar #maldives #foryoupage #fyp #fpyシ #contentcreators #muniavas #fvpviral #maldivestiktok🇲🇻 #dhivehitiktok ♬ original sound – MUNIAVAS

ނޭހާ ދަނީ އޭނާގެ ރާއްޖޭގައި ހޭދަކުރަމުންދާ ވަގުތުތަކުގެ އެކި މަންޒަރުތައް އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.

ނޭހާއަށް ވަރަށް ހޫނު މަރުހަބާއެއް ސަން ޝިޔާމް އިރުފުށި ރިޒޯޓުން ކިޔާފައިވެއެވެ.

 

View this post on Instagram

 

A post shared by Neha Kakkar (@nehakakkar)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top