ރ. މާކުރަތުގައި މިވަގުތުވެސް ޝޫޓިން ކުރިއަށްދާ ދިވެހި ފިލްމު “އުދަބާނި 2″ގެ ލަވަތައް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށް ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނެފި އެވެ. މިމަހު ތިންވަނަ ދުވަހު މުނިއަވަސް އަށް އަމްޖޭ ބުނީ ލަވަތަކުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށާ، ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން ފިލްމު “އުދަބާނި 2″ގައި ހިތްގައިމު ލަވަތަކެއް ހިމަނާނެ އެވެ. އެ ލަވަތައް ވެގެންދާނީ ދިވެހީންގެ ގިނަ ބަޔަކަށް ކަމުދާ ސްޓައިލަށް ލިޕްސިންކްކޮށްގެން ގެނެސްދޭ ލަވަތަކަކަށެވެ. އެހެންކަމުން މިއީ “އުދަބާނި” ކަމުދިޔަ ފަރާތްތަކަށް ލިބިގެންދާނެ ހިތްހަމަޖެހުމަށް ވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.
ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން އުފައްދާ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2″ގެ ލީޑުން ފެނިގެންދާނީ އަޙްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، ހާމިދު ޢަލީ، ޢަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.
15 ސެޕްޓެމްބަރު 2024ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިންގެ ނުނިމި ހުރި މަސައްކަތްތައް ނިންމައިލުމަށް ފިލްމު ކްރޫ މާކުރަތަށް ދިޔައީ ޑިސެމްބަރު 25ގައެވެ.
🎦 ފިލްމު “އުދަބާނި 2″ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި