ދިވެހި ފިލްމު “ދެރިޔާ” އުފެއްދި ޑައިރެކްޓަރ މުޙައްމަދު ނިޔާޒް ޑައިރެކްކޮށް ގެނެސްދޭ ދެވަނަ ފީޗާ ފިލްމު “ލަސްވިޔަސް” 12 އޭޕްރީލް 2024ގައި އަޅުވަން ނިންމައިފިއެވެ.
”ލަސްވިޔަސް“ގެ އިސް-ބަޠަލުންގެ ތެރޭގައި ހިމެނެނީ ހުނަރުވެރި މޮޅު އެކްޓިންއެއް ދަައްކަމުން އަންނަ ވާޝިޔާ މުޙައްމަދު (ޝިޔާ)، ހުނަރުވެރި އެކްޓަރ އަޙްމަދު އީސާ (އާނަންދު)ގެ އިތުރުން ކުރީގެ އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމް އެވެ.
”ލަސްވިޔަސް“ގައި ވާޝިޔާ މުޙައްމަދު (ޝިޔާ) ފެނިގެންދާނީ ’ޔުސްރާ’ގެ ކެރެކްޓަރއިން ނެވެ. އާނަންދު ފެނިގެންދާނީ ’އިޤްބާލު‘ ކިޔާ މީހެއްގެ ކެރެކްޓަރއިންނެވެ. ޒޯޔާ ފެނިގެންދާނީ ’ހަމްރާ’ގެ ކެރެކްޓަރ އިންނެވެ.
މި ފިލްމުން މަޝްހޫރު އެކްޓްރެސް މަރްހޫމް ފައުޒިއްޔާ ފެނިގެންދާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ މަޝްހޫރު އެކްޓަރު ރީކޯ މޫސާ މަނިކްވެސް ފެނިގެންދާނެ އެވެ. މާ ދިގު ނޫން ނަމަވެސް މުހިންމު ރޯލަކުން މޫސަ ފެނިގެންދާއިރު، މޫސަ ވަނީ ޓެޑްރީގެ ފިލްމު “ދެރިޔާ (1994)” ގައިވެސް މަސައްކަތް ކޮށްފައެވެ.
މިއީ ޓެޑްރީ ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ވާހަކައިގެ ބޮޑުބައެއް ބިނާވެފައިވަނީ ޒޯޔާ ކުޅޭ ކެރެކްޓަރގެ މައްޗަށް ކަން މުނިއަވަސްއަށް އެނގިފައިވެއެވެ. އެގޮތުން ޒޯޔާ ފެންނަނީ ކޮންމެވެސް ވަރުގަދަ ސީރިއަސް ބައްޔެއް ތަހައްމަލުކުރަމުން އަންނަ މީހެއްގެ ގޮތުގައެވެ. ޓެޑްރީ ހާމަކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަނީ ޒޯޔާގެ ނޭފަތަށް އޮކްސިޖަން ހޮޅި ގުޅާފައި ވަނިކޮށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި