ދުޅަހެޔޮ ދިރިއުޅުމަކީ މީހުންގެ ސިއްޙަތާއި ހެޔޮ ދިރިއުޅުމެއް ދެމެހެއްޓުމަށާއި ފިކުރުބޮޑުވުމުން ދުރުވުމަށް އެހީތެރިވެދޭ ޒަރިއްޔާއެކެވެ. ރަސްމީ ވުޒާރާތަކާއި ރަސްމީ ނޫން ވުޒާރާތަކުންވެސް މަސައްކަތް ކުރަނީ ހެޔޮ ސިއްހަތެއް ޕްރޮމޯޓްކުރުވުމަށެވެ. ސަބަބަކީ މީހާގެ މުޅި ދިރިއުޅުން ބިނާވަނީ މިއަށް ކަމަށް ވާތީއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ، ހަރަކާތްތެރިވުމާއި، ބަރުދަނަށް ބެލުމާއި ފިކުރުބޮޑުވުން ދޫކޮށްލުން ހިމެނެއެވެ.

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ފައިދާހުރި ރަނގަޅު ކާނާ ކެއުންވެސް ހިމެނެއެވެ. ކުރުކޮށް ބުނާނަމަ، މުހިންމުވަނީ އަކީ ކާނާގެ ބާވަތްތައް މަދުކުރުމެއް ނުވަތަ ދުވާލަކު ހަށިގަނޑަށް އެތެރެކުރާ ކެލޮރީގެ މިންވަރު މަދުކުރުމެއް ނޫނެވެ. ބޭނުންކުރެވެނީ ރަނގަޅު ޑައިޓެއް ނަމަ، ކޮންމެ ކެއުމެއްގައިވެސް ކާނާގެ ކޮންމެވެސް ބާވަތެއް ހިމެނުން މުހިންމެވެ.

މަހާއި، މޭވާ އަދި ތަރުކާރީ އަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ހިފަހައްޓައިދޭ ބާވަތްތަކެވެ.

ދުޅަހެޔޮ ކާނާ ކެއުމުގެ ސަބަބުން ދުޅަހެޔޮ އަދި ޖިސްމާނީ ގޮތުން އިންސާނާ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެން ދެއެވެ. ޖިމް ރޯން ބުނެފައިވާ ގޮތުން “ހަށިގަނޑަށް ފަރުވާތެރިވާށެވެ. ސަބަބަކީ ހަމައެކަނި ތިމާގެ ހަށިގަނޑަކީ ތިމާ އުޅެންޖެހޭ ތަނެވެ.”

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު އިމްޝާ އަޙްމަދު
އާމިނަތު އިމްޝާ އަޙްމަދު
މުނިފޫހިފިލުވުމުގެ ޚަބަރުތަކުގެ އިތުރުން ވައްޓަފާޅިއާއި ގުޅުންހުރި ލިޔުންތައް އިމްޝާ ކަވަރު ކުރާނެ އެވެ.