ހުދު ފޭރާމުން ލައް ފިލުވުމަކީ އުނދަގޫ ކަމެކޭ ބުނެވިދާނެ އެވެ. ނަމަވެސް ފޭރާމުގައި ލައް ޖެހިގެން ލަންފިލުވަން އުޅެން ޖެހުމަކީ އަހަރެމެން އެންމެންނަށްވެސް ކުރިމަތިލާން ޖެހޭ ކަމެކެވެ.

ހުދު ފޭރާމުގެ ހުދުކަން ބޯކިރުފޮދެއްފަދައިން ހުދުކޮށްލުމަށް އަގުބޮޑު ދޮންނަ ކުނޑިއާއި ލައް ފިލުވުމަށް ތައްޔާރުކޮށްފައިި ހުންނަ ތަކެތި ގަންނަތަން ފެނެއެވެ. ނަމަވެސް އެފަދަ އަގުބޮޑު ތަކެތި ނުގަނެ ފަސޭހަކަމާއެކު ލައް ފިލުވައިލެވޭނެ އުކުޅުތައް އެބަހުއްޓެވެ. ކުރިން މިބުނި ފަދަ ދޮންނަކުނޑިއާއި ކެމިކަލްތައް ބޭނުންކޮށްގެން އަހަރެމެން ހިތްއެދޭފަދަ ނަތީޖާއެއް ޙާޞިލް ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނަސީބަކުން މިކަމަށް ފަސޭހަ ހައްލެއް ލިބެން އެބައޮތެވެ. މިފަދަ ތިން އުކުޅެއް ހިއްސާކޮށްލާނެމެވެ.

1- ބޭކިން ސޮޑާ

Laundry tricks: 3 secrets to whiter, fresher clothes

ވަރަށް ގިނަ ކަންކަމަށް ބޭކިން ސޮޑާ އަކީ ގިނަބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. މިކަމުގެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ބޭކިން ސޮޑާއަށް ލިބިފައިވާ އާދަޔާޚިލާފް ޚާއްޞަ ސިފަތަކުގެ ސަބަބުން ބޭކިން ސޮޑާއިން ތަފާތު ގިނަގުނަ ކަންތައްތަކެއް ކުރެވެއެވެ. އެގޮތުން ހުދު ފޭރާން އިތުރަށް ހުދުކޮށް ފޭރާމަށް އިތުރު ތާޒާކަމާއި ފުރިހަމަ ކަމެއް ގެނެސްދެއެވެ.

މިކަމަށްޓަކައި 08 އައުންސް (250 މިލިލިޓަރ) ގެ ބޭކިން ސޮޑާ އެއް ގެލަނުގެ (04 ލިޓަރު) ފެނަށް ގިރުވާށެވެ. ފެން އެތި ތެރެއަށް ފޭރާން ލާފައި އިރުކޮޅެއް ވާންދެން (05 ވަރަކަށް މިނެޓް) ބާއްވާށެވެ. އެއަށްފަހު ދޮންނަ މެޝިނަށް ލައިގެން ދޮންނާށެވެ. ފޭރާމުގައި ހުންނަ ގުދުރަތީ ސަފޭދުކަން ލިބިގެންދާނެ އެވެ.

2- އެސްޕިރިން

Laundry tricks: 3 secrets to whiter, fresher clothes

ހުދު ފޭރާން އިތުރަށް ހުދުކުރުމަށް އެސްޕިރިން ބޭނުންކުރާ ވާހަކަ ބުނުމުން ހައިރާންކަމެއް ލިބިދާނެ އެވެ. އެކަމަކު މިއީވެސް ޖާދޫއެއްފަދަ އެއްޗެކެވެ. މީގެ ސަބަބަކީ އެސްޕިރިންގައި އެކުލެވޭ އެސިޓައިލްސެލިސައިކްލިކް އެސިޑަކީ ލައް ފިލުވައިދޭ އެއްޗެކެވެ.

އެސްޕިރިންގެ ހަ ގުޅަ މުގުރައި އަންނައުނު ދޮންނަން ގެންގުޅޭ ވަރުގެ ތަށްޓަކަށް ފެން އަޅައި އޭގެ ތެރެއަށް އަޅާލާށެވެ. 30 މިނެޓް ވާންދެން ތަށީގެ ތެރެއަށް ފޭރާން ލާފައި ބާއްވާށެވެ. އާއްމުކޮށް ބޭނުންކުރާ ދޮންނަކުނޑި ބޭނުންކޮށްގެން ދޮވެލާށެވެ. ލަކެއް ޖެހިފައިހުރި ކަމުގެ ނިޝާނެއްވެސް ފެންނަން ނުހުންނާނެ އެވެ. ފޭރާން އެހައި ހުދުވެފައި ސާފުވާނެ އެވެ.

3- ރާހުތާއި ލުނބޯހުތް

Laundry tricks: 3 secrets to whiter, fresher clothes

ރާހުތަކީ ބާޒާރުން ގަންނަން ލިބެން ހުންނަ ސާފުކުރުމަށް ބޭނުންކުރާ ހުރިހައި އެއްޗެއް ފަހަތަށް ޖައްސާލާ އެއްޗެކެވެ. ޖެހިފައި ހުންނަ ލައްތަކުން ފިލުވައިލަން އެންމެ އުނދަގޫ ލައް ވެސް ރާހުތުން ފިލުވައިލައެވެ. ފޭރާމުގައި ހުންނަ ނުބައިވަސް ފިލުވައިލަ އެވެ. މިވަރުން އަދި ނިމުނީކީ ނޫނެވެ. ފޭރާމުގެ ކުލަ ގިނަދުވަހަށް ދެމެހެއްޓުމުގައިވެސް ރާހުތް އެހީވެދެއެވެ. ހުދު ފޭރާން ރަތް ވިޔަނުދީ ބަހައްޓައިދެއެވެ.

ހުދު ފޭރާން އިތުރަށް ހުދުކުރުމަށްޓަކައި ކުޑަކުޑަ ރާހުތްފޮދެއް އެއް ސަމުސާ ލުނބޯ ހުތާއި އެއްކޮށްގެން ފޭރާން ދޮންނާށެވެ. ފޭރާމުގެ ހުދުކަން އިތުރުކޮށްދީ ފޭރާމުގައި ތާޒާ މީރުވަހެއް ހުންނާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ