ބަށި ނުވަތަ (އިނގިރޭސި ބަހުން އެގްޕްލާންޓަކީ ތަރުކާރީގެ ބާވަތެކެވެ. ބަށީގެ ވަރަށް ގިނަ ބާވަތްތައް ހުރެއެވެ. އޭގެ ތެރޭގައި ދަނބުބަށި، ހުދުބަށި، ދިގުބަށި، އަދި ވަށްބަށި، ރަންގު ބަށި، ކަޅުބަށި، ރީނދޫ ބަށި ފަދަ ވައްތަރުތައް ހިމެނެއެވެ. ބައްޓަކީ އެއިން ތަފާތު ބޭނުންތައް ކޮށްއުޅޭއެއްޗެކެވެ. އެގޮތުން ރިހަކައްކައިންނާއި، މަސްމޮޑެގެންނާއި، ތެލުލައިގެން ބަށި ބޭނުންކޮށް އުޅެއެވެ.

ލޭގައި ކޮލެސްޓިރޯލްގެ މިންވަރު މަތިވެފައިވާނަމަ ބަށި ބޭނުންކުރުމުން އެކަމުގެ އުދަގޫ ކުޑަކޮށްދޭ ކަމަށް ބައެއް ދިރާސާތަކުން ސާބިތު ވެފައި ވެއެވެ. ބަށީގައި ޕޮޓޭސިއަމް އަދި ފޯލިކް އެސިޑް އެކުލެވިގެން ވެއެވެ. މީގެ އިތުރުން ކޮލެސްޓްރޯލްގެ މިންވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށް ބަށިން އެހީތެރި ވެދެއެވެ.

ބަށިން ކިޑްނީ (ގުރުދާ)އަށް ކުރަނީ ކޮން ކަހަލަ އަސަރެއްތޯ ނުވަތަ ބައްޓަކީ ކިޑްނީއަށް ގޯސް އެއްޗެއްތޯ އަހައިލުމުން ސިއްޙީ ބައެއް މާހިރުންނާއި ޑޮކްޓަރުން ބުނަނީ ކީކޭތޯ ބަލައިލާނަމެވެ.

“ގުދުރާގައި ހިލަ ހުންނަ މީހުންގެ ކެއުމުގައި ބަށި ހިމެނުމާއިމެދު ކަންބޮޑުވާން ޖެހޭ ކަންކަން އެބަހުރި. ބަށީގައި ހުންނަ އޮކްސަލޭޓްގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމަށް މަގުފަހިވޭ. ގުރުދާގައި ހިލަ އުފެދޭ މީހުން ބަށި އަދި އޮކްސަލޭޓް ހިމެނޭ އެހެނިހެން ކާނާގެ ބާވަތްތައް ކެއުން މަދުކުރަން ޖެހޭ.

  • ޖެނިފަރ ކަޓްޒް – ބެޗްލާސް ޑިގްރީ – ޑައިޓެޓިކްސް އެންޑް ކްލިނިކަލް ނިއުޓްރިޝަނަލް ސާވިސް

ނަމަވެސް އެހެން ސިއްހީ މާހިރެއްގެ ރައުޔަ މުޅީން ތަފާތެވެ.

“ބަށި ކެއުމުން ގުރުދާއަށް ގެއްލުމެއް ވާނެ ކަމަށް އެއްވެސް ހެއްކެއް ލިބިފައެއް ނެތް. ބައްޓަކީ ގުރުދާއަށް ފައިދާހުރި އެއްޗެއް ކަމަށް ވުމަކީވެސް އެކަށީގެންވާކަމެއް. ސަބަބަކީ ބައްޓަކީ ފޮސްފަރަސްގެ މިންވަރު މަދު އެއްޗެއް. ކްރޮނިކް ކިޑްނީ ބަލި ހުންނަ މީހުންނަށް މިއީ ރަނގަޅު އެއްޗަކަށް ވެދާނެ.

  • ކާލް ބެންޑަރ – މާސްޓަރ އޮފް ސައިންސް ؛ ބަޔޯ ކެމިކަލް އެންޑް މޮލެކިއުލަރ ނިއުޓްރިޝަން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.