އޮލިމްޕަސް ސިނަމާއަށް “ކަންބަޅި” އަންނަން ދެން އޮތީ އެންމެ ހަތްވަރަކަށް ދުވަހެވެ. ފިލްމު ރިލީޒްކުރާނީ 01 ފެބްރުއަރީ 2024ގައެވެ. އައިފިލްމްސް އިން ނެރޭ ތިންވަނަ ފީޗާ ފިލްމަކީ ބިރުވެރި ފިލްމެކެވެ. މިއަދު ރިލީޒްކޮށްފައިވާ މި ފިލްމުގެ ދެވަނަ ޕޯސްޓަރުންވެސް ފެނިގެންދަނީ ކޮންމެވެސް ރޫޙާނީ ބާރެއްގެ އަވަލުމެއްގައި ވާޝިޔާ މުޙައްމަދު ޖެހިފައި އިންނަ ތަނެވެ.

ވަކީން ޚާއްޞަކޮށް ބިރުވެރި ފިލްމުތަކުން ފެންވަރު ރަނގަޅު އެކްޓިންއެއް ދައްކަމުން އަންނަ ވާޝިޔާ ފެނިގެންދާ މި ޕޯސްޓަރުން ވެސް ފިލްމުގެ ގިނަ ވާހަކަތަކެއް ބުނެދެއެވެ. ވާޝިޔާ އެ އިނީ ރޫޙާނީ ބާރެއްގެ ސަބަބުން އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އެހެން ބާރެއްގެ ސަބަބުން އޭނާގެ ގަޔަށް އަރާފައިވަނީ ވަރުގަދަ ބާރެކެވެ. ތަން މިނަށް އަނގަ ހުޅުވިފައި މައްޗަށް ބަލަން އިންއިރު، ދެ އަތަށްވެސް ވަނީ ބާރު އަރާފައެވެ.

އައިފިލްމްސް އަކީ ބިރުވެރި ފިލްމު އުފެއްދުމުގައި މީގެ ކުރިން ތަފާތު ތަކެއް ދައްކާފައިވާ ބައެކެވެ. އެހެންކަމުން މި ފިލްމުންވެސް ތަފާތު ގިނަ ކަންތައްތަކެއް ފެނިގެންދާނެކަން ޔަޤީންކުރެވެއެވެ.

“ކަންބަޅި” ފިލްމުގެ ޓިކެޓް އޮންލައިންކޮށް މިހާރު ވިއްކަން ފަށާފައިވާއިރު، ޓިކެޓް ގަތުމަށް 7242555 ނަންބަރަށް ވައިބައި/ވަޓްސްއެޕް/ޓެލެގްރާމް މެދުވެރިކޮށް މެސެޖެއް ކޮށްލާށެވެ.

މި ފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، އަޙްމަދު އިފްނާޒް އަދި އިއްލެ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ މިވަގުތު ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ތަރިންގެ ތެރެއިން ތަރިންކޮޅެކެވެ.

މި ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ ނުޒުހަތު ޝުއައިބު (ނުޒޫ)، އަޙްމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުޙައްމަދާއި ރަވީ ފާރޫގާއި މުޙައްމަދު އިޝްފާނާއި ހާޒިފް މުޙައްމަދާއި މޫސާ އަލީފުގެ އިތުރުން ތުއްތު އާޓިސްޓް ސާރާ އެވެ.

ފިލްމު “ކަންބަޅި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން​

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.