މި ހަށިގަނޑެއް އޮތަކަސް،
މިއީ މަގޭ މި ރޫޙްގައި ލެވިފައިވާ ލިބާހެކެވެ.
މި ހިތާމަތައް ހުއްޓަސް،
އެއީ މި އިޝްޤް ހޯދުމަށް ކުރާ މަސައްކަތެކެވެ.
އޭގެ ސަބަބުން އަހަރެން ފަނާކޮށްފިއެވެ.
ލޯބިލިބުމަށް މި އެދޭ އެދުންތަކަށް،
ހުރިހައި ގޮތަކުންވެސް އަހަންނަށް ކުރިހޯދިއްޖެއެވެ.
________________________________________
ކަލާ ބޭނުންވާ ގޮތަކީ ކޮބައިބާވައެވެ.
އަހަރެންގެ ހިތާއި ދުނިޔެވެސް ކަލާ ފަނާކޮށްފިއެވެ.
ކަލާ އަހަންނަށް ދޭ އަދަބަކީ ކޮބައިބާވައެވެ.
ވަފާތެރިކަން ބޭވަފާތެރިކަމަށްވެސް ކަލާ ހަދައިފީމުއެވެ.
އަނެއްކާވެސް އަހަރެންގެ ދިރިހުރުމާ އަހަރެން ދުރުކުރުވައިފީމުއެވެ.
ކަލާ ފެނޭތޯ އަހަރެން ހޯދާފައި ނުހޯދަނީ ކޮންތަނެއްކަން އެނގޭހެއްޔެވެ؟

ކަލާ ވީ ކޮންމެ ތަނެއްގައި ތިޔައީ އަހަރެންގެގައިގައި ލެވިފައިވާ ފަށަލައެކެވެ.
އަހަރެންގެ ހަޔާތަށް ލިބުމަށް އެދޭ ހަމައެކަނި މީހަކީ ކަލާއެވެ.
އަހަރެންގެ ހުރިހައި އުއްމީދުތަކެއް ގޮސް ހުއްޓެނީ ހަމައެކަނި ކަލާ ގާތުގައެވެ.
އަހަރެންގެ ފުރާނަ ފެށޭ އަދި ކަފުންކުރެވޭ ހިސާބަކީވެސް ކަލާ ގާތުގައެވެ.
________________________________________
ކަލާ ވީ ކޮންމެ ތަނެއްގައި ތިޔައީ އަހަރެންގެގައިގައި ލެވިފައިވާ ފަށަލައެކެވެ.
އަހަރެންގެ ހަޔާތަށް ލިބުމަށް އެދޭ ހަމައެކަނި މީހަކީ ކަލާއެވެ.
އަހަރެންގެ ހުރިހައި އުއްމީދުތަކެއް ގޮސް ހުއްޓެނީ ހަމައެކަނި ކަލާ ގާތުގައެވެ.
އަހަރެންގެ ފުރާނަ ފެށޭ އަދި ކަފުންކުރެވޭ ހިސާބަކީވެސް ކަލާ ގާތުގައެވެ.
________________________________________
މި ހަށިގަނޑެއް އޮތަކަސް،
މިއީ މަގޭ މި ރޫޙްގައި ލެވިފައިވާ ލިބާހެކެވެ.
މި ހިތާމަތައް ހުއްޓަސް،
އެއީ މި އިޝްޤް ހޯދުމަށް ކުރާ މަސައްކަތެކެވެ.
އޭގެ ސަބަބުން އަހަރެން ފަނާކޮށްފިއެވެ.
ލޯބިލިބުމަށް މި އެދޭ އެދުންތަކަށް،
ހުރިހައި ގޮތަކުންވެސް އަހަންނަށް ކުރިހޯދިއްޖެއެވެ.

________________________________________

ނޯޓް: މިއީ ހިންދީ ލަވަ “ޔެ ޖިސްމް ހޭ ތޮ ކިޔާ” ގެ ތަރުޖަމާއިން އެކުލަވައިލާފައިވާ އައުޅެމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.