މަޝްހޫރު ޑައިރެކްޓަރ މުހައްމަދު ނިޔާޒު ޓެޑްރީ ޑައިރެކްޓްކޮށްފައިވާ ފިލްމު “ލަސްވިޔަސް” ދައްކަން ފަށާނެ ތާރީޚް އިޢުލާނުކޮށްފި އެވެ.
މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމް ފިލްމީ ދާއިރާއަށް ނުކުންނަ މި ފިލްމު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ 12 އޭޕްރީލް 2024 ވަނަ ދުވަހުގެ ރޭގަ އެވެ.
ފިލްމު “ލަސްވިޔަސް” ލޯންޗްކުރުމަށް މިމަހު 15 ވަނަ ދުވަހުގެ ރޭ ސޮލައިޓްގައި ވަރުގަދަ ހަފުލާއެއް ބާއްވައި މިފިލްމުގެ ޓްރެއިލާ، ފިލްމުގައި ހިމެނޭ ތިން ލަވަ ރިލީޒްކުރި އެވެ. އާއްމުކޮށްފައިވާ ޓްރެއިލާއިން ލޯތްބާއި ހިނިތުންވުން އަދި ރުޅިވެރިކަން ފެނިގެންދެއެވެ. މިގޮތުން އީސަ އަދި ވާޝިޔާގެ ހިތްގައިމު ލޯބީގެ މަންޒަރުތައް ފެންނައިރު، މި ފިލްމުގެ މުހިންމު ބަޔަކުން ފެނިގެންދާ އަހުމަދު އިފްނާޒް ފިރާގު އަދި ތާތި އާދަމް ފެނިގެންދެއެވެ. މީގެ އިތުރުން މަޝްހޫރު ފިލްމީ ތަރި ރީކޯ މޫސަ، ފައުޒިއްޔާ، ޖިމީ، ކުޑަ ހައްޖަ، އަޙްމަދު އާސިމްގެ އިތުރުންވެސް ގިނަ ތަރިންތަކެއް ފެނެއެވެ.
މިފަހުން، ރާއްޖޭގެ ފިލްމެއް ލޯންޗްކުރުމަށް ބޭއްވި އެންމެ ވަރުގަދަ އަދި އެންމެ ބައިބޯ މި އިވެންޓްގައި ނޫސްވެރިންނާއި ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވިއެވެ.
ލަސްވިޔަސްގައި އަހްމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދު ލީޑް ރޯލުތަކުން ފެނިގެންދާއިރު ފައުޒިއްޔާ ހަސަން އާއި ރީކޯ މޫސާ މަނިކު ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. މިއީ ފައުޒިއްޔާ ހަސަން ނިޔާވުމުގެ ކުރިން، އެންމެ ފަހުން އޭނާ ކުޅެފައިވާ ފިލްމުކަން ފާހަގަކޮށްލެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!