ޓީވީއެމްއާ އެހާ ގާތް ގުޅުމެއް ބާއްވަމުން އަންނައިރު، ޓީވީއެމް އިން ވަޒީފާގެ ފުރުޞަތެއް ހުށައަޅައިފިނަމަ އެ ފުރުޞަތު ޤަބޫލުކުރާނަންތޯ އެހުމުން ކުރީގެ މަޝްހޫރު ފިލްމީ ތަރި ޝިރާނީ އާނ ބަސް ބުނެފިއެވެ. ޝިރާނީ މިހެން ބުނީ ޓީވީއެމް އިން ކޮންމެ ރަމަޟާން މަހަކު މެންދުރު ގެނެސްދެމުން އަންނަ “މިވަގުތު” ޕްރޮގްރާމުގައި ޓީވީއެމްގެ 46 ވަނަ އަހަރީ ދުވަހު ގެނެސްދިން ޕްރޮގްރާމުގެ ޕްރެސެންޓަރު އެހި ސުވާލަށް ޖަވާބުދެމުންނެވެ.

“އަޅުގަނޑު ދެންމެ ހިތަށްއެރި އިނގޭ، ޓީވީއެމްއާ ދެން އަބަދުވެސް އެހާ ގާތް ގުޅުމެއް ބާއްވަމުން ދިޔައިރުގަ، އޮތް އިރުގަ ހަމަ މިކޮޅުން (ޓީއެމްއިން) ވަޒީފާގެ ފުރުޞަތެއް ހުށައެޅިއްޔޯ. އެހެން ވެއްޖެއްޔާ ޤަބޫލުކުރާނަންބާ؟”

* ޕްރެސެންޓަރ ރިޝްފާ

ސަމާސަ ގޮތަކަށް ނަމަވެސް ޕްރޮގްރާމުގެ އެއް ޕްރެސެންޓަރ ރިޝްފާ އެ އަހައިލި ސުވާލަށް ޝިރާނީ ދިން ޖަވާބާއި މެދު އިތުރު ވާހަކައެއް މި ޕްރޮގްރާމުގައި ދައްކާފައެއް ނުވެއެވެ.

“ވަޒީފާއަށް ދެވޭ ކަހަލަ ގޮތަކަށް ހުރެއްޖެއްޔާ ހަމަ (ހިނިގަނޑެއް) ތައްޔާރު!

* ކުރީގެ މަޝްހޫރު ފިލްމީ ތަރި ޢާއިޝަތު ޝިރާނީ

ނަމަވެސް މުނިއަވަސްއަށް އެނގިފައިވާ ގޮތުން ޝިރާނީއަކީ ޚަބަރު ކިޔުމަށް ވަރަށް ޝައުޤުވެރިކަން ހުންނަ ފަންނާނެކެވެ. އެގޮތުން މުނިއަވަސް އިން ވަރަށް ފޯރީގައި ކްލަބްހައުސް އިން ރަސްމީ ޕްރޮގްރާމުތަކެއް ގެނެސްދިން ދުވަސްވަރު، ޝިރާނީ ވަނީ މުނިއަވަސް ޚަބަރު ގަޑީގައި ޚަބަރު ކިޔާފައެވެ.

ޝިރާނީ ފަދަ، މި ދާއިރާއިން ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމު ލިބި މި ދާއިރާއިން އެކްޓްކުރުމާއި ދުރުގައި ތިބޭ ފަރާތްތައް ބޭނުންކޮށްގެން މުޖުތަމަޢަށް ފައިދާހުރި ބައެއް ކަންކަމަށް އަލިއަޅުވައިލާ ގެނެސްދޭ ޕްރޮގްރާމެއްގެ ހޯސްޓެއްގެ ގޮތުގައި މިފަދަ ފަންނާނުންގެ ބޭނުން ހިފައި ކާމިޔާބު ޕްރޮގްރާމުތަކެއް ގެނެސްދެވިދާނެ އެވެ. މީގެ އިތުރުން ޝިރާނީ އެންމެ ކުރާހިތްވާ ‘ޚަބަރު ކިޔުން’ ފަދަ ކަމަކަށް އޮންބޯޑްކުރެވިއްޖެ ނަމަ އެ ޗެނަލެއްގެ މަޤުބޫލުކަން އިތުރުކުރެވިދާނެ ކަމަށްވެސް ޤަބޫލުކުރެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.