ދެ އަނތްބަށް މީހުންނާ އިނުމާ ބެހޭގޮތުން ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޝިރާނީ އާއި މަޝްހޫރު ފިލްމު ޑައިރެކްޓަރ، ޕްރޮޑިއުސަރ ފާތިމަތު ނަހުލާގެ ޚިޔާލު ތަފާތުކަން ހާމަވެއްޖެއެވެ. މި ޚިޔާލުތަފާތުވުން ހާމަވެގެން ދިޔައީ ނަހުލާ މީގެ ދެ ހަފުތާ ކުރިން ފަށައިގެން ޓިކްޓޮކްގައި ކުރިއަށް ގެންދަމުން އަންނަ ސިލްސިލާ ލައިވް ޝޯގެ ތިންވަން އެޕިސޯޑްގައި ފިލްމު ”ކަލާޔާ ނުލާ“ އާއި ބެހޭ ގޮތުން ވާހަކަދެއްކުމުގެ ތެރެއިންނެވެ.

މިމަހު 01 ވަނަ ދުވަހުގެ ރޭ 10:30ން ފެށިގެން ބާރަޖެހުމާއި ގާތްވަންދެން ކުރިއަށް ގެންދިޔަ ޝޯގައި ޚާއްޞަ މެހެމާނެއްގެ ގޮތުން ނަހޫ ގެނެސްދިނީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ޢާއިޝަތު ޝިރާނީ އެވެ.

ރޭގެ ލައިވްގައި މީހަކު ޝިރާނީއާ ސުވާލުކުރީ ފިލްމު ”ކަލާޔާ ނުލާ“ގައި ނިޢުމާއަށް އެހެން ހަދާލާފަ ދާން ދޫކޮށްލި އިރު (ފިލްމުގެ ފަހު ސީންއަށް އިޝާރާތްކުރަމުން) ހަމަ ކުޑަކޮށްވެސް އެއްޗެއް ހިތަށް ނާރާހޭ؟ މީގެ ޖަވާބުގައި ޝިރާނީ ބުނީ ރިއަލް ލައިފްގަ ނަމަ ދިޔަކަ ނުދޭނަމޭ އެއީ ވަަރަށް ސެލްފިޝް ގޮތެއްކަން ފީލްވިޔޭ، އެކަމަކު ނަހޫ ބޭނުންވީމަ އެހެން އޭތި (ފިލްމުގަ އެ މަންޒަރު) ނިމުނީއޭ.

ޝިރާނީގެ މި ޖަވާބަށް ރައްދުދެމުން ނަހުލާ ބުނީ އެއީ ރިއަލް ލައިފްގަވެސް އޭނަ (ނަހުލާ) ހަމަ ހަދާނެ ގޮތޭ، އެހެންވީމައޭ ފިލްމު އެހެން ނިންމީވެސް. ޝިރާނީ އިނދެގެން އުޅެނިކޮށްނޭ (އެ ފިލްމުގައި ޔޫއްޕެއާ އިނދެގެން އުޅެނިކޮށްނޭ) ނިޢުމާ އައީވެސް. އެހެންވީމަ ނިޢުމާއަކަށް ހަމްދަރުދީއެއް ނެތޭ. ރިއަލް ލައިފްގަވެސް، ދެ އަނތްބަށް މީހުންނާ އިނުމަކީ (ދެ އަނތްބަށް ފިރިމީހާ މީހަކާ އިންނަން ރުހުމަކީ) ތާއިދުކުރާ ކަމެއް ނޫންވީމަ، އެހެން ފިލްމު ނިންމާލީއޭ.

މަޖާ އަދި އެކުވެރި މާހައުލެއްގައި ކުރިއަށް ގެންދިޔަ މި ލައިވްގައި ވަރަށް މަޖާވެލަމުން ނަހޫ އިތުރަށް ބުނީ އޭނާގެ ފިލްމުތަކުގައި އާއްމުންގެ އިހުސާސްތައް ހިމަނަން މަސައްކަތްކުރިއަސް ޚުދު އޭނާގެ އިހުސާސްތައްވެސް ހުންނާނެ ކަމަށެވެ.

@muniavas Crystal Entertainement ge Weekly LIVE ah Bodu Tharuheebeh! @crystalentertainmentmv @fathimathnahula2 @shiruxa @mamma.maldives @unmaday #fy #fypシ゚ #fypageシ #fyppppppppppppppppppppppp #AI ♬ original sound – MUNIAVAS

ނުވަހާހަށް ވުރެން ގިނަ މީހުން ބައިވެރިވި މި ލައިވްގައި ޝިރާނީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އިބްރާހިމް ޖިހާދު (ޖިމީ) އަދި ނަހޫ އެންމެ ފަހުން ނެރުނު ފިލްމު ”ސޮރީ“ގައި ހުނަރުވެރި އެކްޓިންއެއް ދައްކާފައިވާ ނަހޫގެ ހަގު ދަރިފުޅު ލާލި ވެސް ފެނިގެން ދިޔައެވެ. މީގެ އިތުރުން ޓިކްޓޮކްގެ މަޝްހޫރު މޫނު، އަދި މުނިއަވަސްގެ ނޫސްވެރިޔާ މަންމަ އިވްރީގެ އިތުރުން މުނިއަވަސްގެ ގިނަ މެންބަރުންނާއި ނަހޫގެ ލޯޔަލް ސަޕޯޓަރުންގެ ގިނަ އަދަދެއްގެ މީހުން ވެސް ރޭގެ ލައިވްގައި ބައިވެރިވެފައިވެއެވެ.

ރޭގެ ޝޯގައި ޝިރާނީ އާއި ނަހުލާ އެކުގައި ކޮށްފައިވާ ފިލްމީ މަސައްކަތްތަކުގެ ތެރޭގައި ދިމާވެފައި ހުރި މަޖާ ވާހަކަތައް ހިއްސާކޮށްފައިވެއެވެ. އާއްމުކޮށް އެއް ގަޑިއިރަށް ކުރިއަށްގެންދާ މި ލައިވް ޝޯ ދޮޅުގަޑިއެއްހައި އިރަށް ދިގުދެމިގެން ދިޔައެއެވެ. ރޭގެ ޝޯ އެހާ ބޮޑަށް ދިގުދެމިގެން ދިޔައީ ޝޯގެ ފޯރިގަދަކަމުންނާއި ޝަރަފުވެރިކަމާއެކު ދިވެހި ފިލްމީ ދާއިރާއިން ދުރަށް ދިޔަޔަސް، ފިލްމީ ފަންނާނުންގެ މަސައްކަތްތަކުގައި ހިތްވަރުދެމުން އަންނަ ޝިރާނީ ފުރަތަމަ ފަހަރަށް އޭނާގެ މޫނު ދައްކައިގެން ޓިކްޓޮކް ލައިވްއެއްގައި ފެނިގެންދިއުމުގެ ސަބަބުންކަން ފާހަކޮށްލެވެއެވެ.

ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 10:30 އިން 11:30 އަށް ’ކްރިސްޓަލް އެންޓަޓެއިންމެންޓް’ގެ ޓިކްޓޮކް ހޭންޑްލް އިން ބާއްވާ މި ލައިވް އަކީ ވަަރަށް ގިނަ މީހުން އެއަށް އިންތިޒާރުކުރަމުން އަންނަ ލައިވްއަކަށް ވެފައިވާކަން ފާހަގަކޮށްލެވެއެވެ. ވޭތުވެދިޔަ ހަފުތާގެ ލައިވްގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިކޮށްފައިވަނީ މަޝްހޫރު ފިލްމީ ތަރި ޔޫސުފު ޝަފީޢު (ޔޫއްޕެ) އެވެ. އާއްމުކޮށް ތަރިންގެ ފަރާތުން ސްކްރީނުން ބެލުންތެރިންނަށް ނުފެންނަ ފަޅިއެއް، މި ލައިވްގައި ބެލުންތެރިންނަށް ފެނިގެންދާނެއެވެ. އެގޮތުން އެކުވެރި، ސަކަ މަޖާ ކޮށް ތަރިންނާ އިންޓަރެކްޓްވެ ވާހަކަދައްކައިލުމަށްވެސް މި ޝޯގައި ފުރުޞަތު ފަހިވެގެންދެއެވެ.

’ކްރިސްޓަލް އެންޓަޓެއިންމެންޓް’ގެ ޓިކްޓޮކް ފޮލޯކޮށްލުމަށް މި https://www.tiktok.com/@crystalentertainmentmv ލިންކަށް ފޮލޯކޮށްލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.