ފާޠިމަތު ނަހުލާގެ ފިލްމު “ސޮރީ“ގެ ޓިކެޓް ބުކިން، 15 އޭޕްރީލް 2025ވާ އަންގާރަ ދުވަހު ފަށާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ފާޠިމަތު ނަހުލާ (ނަހޫ) ބުނެފިއެވެ.
ފިލްމު “ސޮރީ“ގެ ޓިކެޓުތައް ބުކްކުރަން ފަށާނީ މާދަމާ މެންދުރު 13:00 ގައެވެ. ޓިކެޓު ބުކްކުރުމަށް ގުޅާލަން ޖެހޭނީ 7844422 އަށެވެ.
ފިލްމު “ސޮރީ“ގެ ޕްރިމިއާ ޝޯގެ ޓިކެޓުތައް ވިއްކަން ހަމަޖެހިފައިވަނީ 250 ރުފިޔާއަށެވެ. އަދި އެހެން ޝޯތަކުގެ ޓިކެޓުތައް ވިއްކަން ހަމަޖެހިފައިވަނީ 150 ރުފިޔާ އަށެވެ.
ލޯބީގެ ހިތްދަތި ހާދިސާތަކެއް ހިމެނޭހެން ޢިބްރަތްތެރި މެސެޖްތަކެއް ލިބިގެންދާނެ މި ފިލްމަކީ ނަހޫ އުފެއްދި ފިލްމު ”ޒުލޭޚާ“ އަށް ވުރެން މާ ބޮޑަށްވެސް އަސަރުގަދަވާނެ އަދި މާ ފެންވަރު ރަނގަޅު ފިލްމަކަށް ވެގެންދާނެކަމުގެ ޔަޤީންކަން ނަހޫ އަންނަނީ ދެމުންނެވެ.
ފިލްމުގެ ރަސްމީ ޓްރެއިލާ ދޫކޮށްލިފަހުން ޓްރެއިލާއަށް ލިބެމުން އަންނަ ތަރުހީބާއި ފިލްމާއި ގުޅުންހުރި އެކިއެކި ޚަބަރުތަކާއި ވީޑިއޯ ކޮންޓެންޓްތަކަށް މީސްމީޑިއާގެ މަންސަތަކުގައި ލިބެމުން އަންނަ ބޮޑު ތަރުހީބަކީ ފާހަގަކޮށްލަން ޖެހޭފަދަ ކަމެކެވެ. އެހެންކަމުން ފިލްމުގެ ޕްރިމިއާ ޝޯއަށް ބާރުބޯޑުވާނެ މިންވަރު މިހާރުވެސް އަންދާޒާކޮށްލަން ދައްޗެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



