ސިދާތު އާއި ތަމަންނާ މުހިންމު ރޯލުތަކުން ފެނިގެންދާ “ދަ ވާން: ފޯސް އޮފް ދަ ފޮރެސްޓް” ސިނަމާތަކުގައި ދެއްކި ތިންވަނަ ހަފުތާ ބަންދު ނިންމާލީ އުންމީދު ކުރިވަރުގެ އާމްދަނީއެއް ނުލިބިއެވެ. މިދިޔަ ހަފުތާ ބަންދުގައި މި ފިލްމަށް ލިބިފައިވަނީ 2.50 ކްރޯޑް ރުޕީސްއެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 70 އިންސައްތައިގެ ދަށްވުމެކެވެ.
ދީޕަކް ކުމާރު މިޝްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ތިންވަނަ ހަފުތާ ބަންދުގެ ނިޔަލަށް ޖުމްލަ ލިބިފައިވަނީ 63.60 ކްރޯޑް ރުޕީސްއެވެ. މި ޑްރާމާ ސިނަމާތަކުގައި ދައްކާ ފަހު ދުވަސްތައް ގުނަމުންދާއިރު، ބެލެވޭ ގޮތުގައި މި ފިލްމުގެ މުޅި އާމްދަނީ ހުންނާނީ 65 ކްރޯޑާއި 70 ކްރޯޑް ރުޕީސްއާ ދެމެދުގެ އަދަދެއްގައެވެ.
ބޮކްސް އޮފީހުގައި މި ފިލްމު ބެލެވިފައިވަނީ އެވްރެޖް ފިލްމެއްގެ ގޮތުގައެވެ. ފިލްމު ރިލީޒްކުރި ދެވަނަ ހަފުތާގައި އެހެން ފިލްމުތަކުގެ ވާދަވެރިކަމެއް ނެތްނަމަ، މިއީ “ހިޓް” ފިލްމެއްގެ ދަރަޖަ ހޯދާނެ ފިލްމެކެވެ.
“ދަ ވާން: ފޯސް އޮފް ދަ ފޮރެސްޓް” ގެ ވާހަކަ ބިނާވެފައިވަނީ ބިހާރުގައި ހުންނަ އޭނާގެ ކާބަފައިންގެ އަވަށަށް، އާއިލީ މުދަލުގެ މައްސަލައެއް ހައްލުކުރުމަށް އަނތްބަކާއެކު އެނބުރިދާ އިންޖިނިއަރެއް ކަމަށްވާ ރިޝީގެ މައްޗަށެވެ. އެމީހުންގެ މި ދަތުރުގެ ތެރެއިން، ތަރައްޤީގެ މަޝްރޫއެއްގެ ސަބަބުން އެ އަވަށުގެ މުގައްދަސް ޖަންގައްޔަކަށް ނުރައްކާވުމުން، އެތައް ގަރުނެއްވީ ސިއްރުތަކެއްގެ ތެރެއަށް ރިޝީ ވަދެގެންދެއެވެ.
މި ފިލްމުގައި ފެނިގެންދަނީ ބޯދާ ޤަބޫލުކުރުންތަކާއި ހަޤީގަތް އެކުވެގެންދާ ތަނެވެ. އޭނާގެ އަވަށާއި ޤުދުރަތީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި އޭނާގެ ތަޤުދީރުގައިވާ ކަންކަމާ ކުރިމަތިލާން ޖެހެއެވެ. ސިދާތު އާއި ތަމަންނާގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން އަނޫޕް ސޯނީ، ސުނިލް ގްރޯވާ، ޝްވޭތާ ތިވާރީ އަދި މަނީޝް ޕޯލް ފަދަ ތަރިން ފެނިގެންދެއެވެ.
އިންޑިއާގެ ބޮކްސް އޮފީހުގައި “ދަ ވާން” އަށް އާމްދަނީ ލިބިފައިވާ ގޮތް:
| ދުވަސް | އާމްދަނީ |
| ފުރަތަމަ ހަފުތާ | 49.75 ކްރޯޑް ރުޕީސް |
| ދެވަނަ ހަފުތާ | 11.35 ކްރޯޑް ރުޕީސް |
| ތިންވަނަ ހަފުތާ ބަންދު | 2.50 ކްރޯޑް ރުޕީސް |
| ޖުމްލަ | 63.60 ކްރޯޑް ރުޕީސް |
