ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު އެކްޓްރެސް މަރިޔަމް ނިޝާ (މަރީ) ރޭޑިއޯ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށަން އުޅޭކަމުގެ ހިލަމެއް ވެއްޖެ އެވެ. ނިޝާ ގުޅެން އުޅެނީ ރާއްޖޭގެ އެންމެ މަޝްހޫރު އެފްއެމް ޗެނަލް ދިވެހި އެފްއެމް91 އާ ކަމަށް ޤަބޫލުކުރެވޭ ފަދަ އިޝްތިހާރެއް ދިވެހި އެފްއެމުން މިމަހު 22 ވަނަ ދުވަހު ވަނީ އާއްމުކޮށްފައެވެ.
44 ސިކުންތުގެ އެ އިޝްތިހާރުގައި ފެނިގެން ދިޔައީ ނިޝާ ޕްރެޒެންޓަރުގެ ގޮނޑީގައި އިށީނދެ، ހެޑްސެޓް އަޅައި، ޕްރޮގްރާމެއް ހުށައަޅައިދިނުމަށް ތައްޔާރުވަމުންދާ މަންޒަރެވެ. އަދި އޭނާގެ މަޝްހޫރު ލަވަ ”މޫނޭ ތީ ހިތް އެދޭ“ ގެ ތަންކޮޅެއް ވެސް އެ ޓްރެއިލާގައި ހިމަނާފައިވެއެވެ. އެ ހިތްގަމު ލަވަ އިވެމުންދާ އިރު ނިޝާ އިންނަނީ އޭނާގެ އެ ފަރިފަރި ލަދުރަކި ހިނިތުންވުމާއެކުގައެވެ.
އިޝްތިހާރު ނިމޭ ހިސާބުން ނިޝާ ދިވެހި އެފްއެމްއާ ގުޅެނީބާއޭ ބުނެ ސުވާލެއް އުފައްދާފައިވާ ލިޔުންކޮޅެއް ފެނެއެވެ.
ނިޝާ ފެނިގެންދާނެ މި ޕްރޮގްރާމު ފަށާނީ އަންނަ ޖެނުއަރީ މަހު03 ވަނަ ދުވަހު އެވެ.
@muniavas @Mariyam Nisha RJ akah? @DhivehiFM ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




