ދިވެހި ފިލްމީ އުދަރެހުގައި ބޮޑު މަޤުބޫލުކަމަކާ މަޝްހޫރުކަމެއް ހޯދާފައިވާ އެކްޓްރެސް އާމިރާ އިސްމާޢީލް މިމަހު 10ވަނަ ދުވަހު ކައިވެނިކޮށްފިއެވެ. އާމިރާ ކައިވެނިކުރީ 10 މާރިޗް 2025ވީ ހޯމަދުވަހު ހެނދުނު އެގާރަޖެހި އިރު ޢާއިލާއާ ބެހޭ ކޯޓުގައެވެ،
މުނިއަވަސްއަށް އާމިރާ ބުނީ އޭނާ ކައިވެނިކުރީ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ މުޙައްމަދު ނަހުޔާން ކިޔާ މީހަކާ ކަމަށާ ނަހުޔާން އަކީ ރ. މަޑުއްވަރިއަށް ނިސްބަތްވާ މީހެއްކަމަށެވެ. އާމިރާ އިތުރަށް ބުނީ ނަހުޔާން އާއެކު ރިލޭޝަންޝިޕެއްގައި އުޅޭތަން އަދި ވާނީ ތިންހަތަރު ވަރަކަށް މަސް ކަމަށެވެ.
ޢާމިރާ އިސްމާޢީލްގެ ދެމަފިރިންނަށް ބާއްޖަވެރި ދިރިއުޅުމެއް ދެއްވުން އެދެމުން މުނިއަވަސް ޓީމުން މަރުޙަބާކިޔަމެވެ.

ޢާމިރާ ޢިސްމާޢީލް އަދި މުޙައްމަދު ނަހްޔާން ޢާއިލާއާ ބެހޭ ކޯޓްގައި
ބެލުންތެރިންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ގިނަ ފިލްތަކަކުން ހުނަރުވެރި އެކްޓިންއެއް ދައްކާފައިވާ އަދި މިހާރުވެސް ފިލްމީ އުފެއްދުންތަކުން މޮޅު އެކްޓިންއެއް ދައްކަމުން އަންނަ އާމިރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޔޫއްޕެ އުފައްދާ ފީޗާ ފިލްމު “އިލްޒާމް” އިން ކަމަށްވެސް އާމިރާ ބުންޏެވެ. މީގެ އިތުރުން މި އަހަރު ރަމަޟާން މަހު ޕީއެސްއެމްއިން ގެނެސްދޭ “ބޭނޭނެބާ؟” ކިޔާ ޓީވީ ޝޯއެއްގެ އެޕިސޯޑަކުންވެސް އޭނާ ފެނިގެންދާނެ ކަމަށް ބުންޏެވެ.
ޢާމިރާ އިސްމާޢީލް ފިލްމީ ދާއިރާއަށް ނިކުތީ ވީޑިއޯ ލަވަޔަކުންނެވެ. އެއަށް ފަހު ތަފާތު ފިލްމް ޑުރާމާ ސިލްސިލާ ތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ.
@muniavas Amira Weds Nahyaan – Congratulations @Ami🌺🇲🇻 #dhivehifilmstar ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!