އިންޑިއާގެ ގައުމީ ޓީވީ ދޫރްދަރްޝަނުން މި މަހުގެ 08 ވަނަ ދުވަހުގެ ރޭ ދައްކަން ފެށި “ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް” ރިއަލިޓީ މިޔުޒިކް ޝޯގައި ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” އިން ގެނެސްދިން ވަރުގަދަ ހުށައެޅުމުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލުވައިފިއެވެ.
‘ޓޫ އޮފް އަސް” ބޭންޑުން ގެނެސްދިނީ މަޝްހޫރު ދިވެހި ލަވަ “އެއްޗެއް ކަޅެއް” ލަވައިގެ ‘އެއްޗެއް ކަޅެއް’ މި ބަސްފީނިން ފަށައިގެން ކުރީގެ މަޝްހޫރު ހިންދީ ލަވަ “ބާބޫ ސަމްޖޯ އިޝާރޭ”ގެ ފިއުޝަން ވާޝަނެކެވެ. ލަވަ ނިންމާ ހިސާބުންވެސް ‘އެއްޗެއް ކަޅެއް’ ލަވައިގެ ބައެއް ތަންތަންކޮޅު ހިމަނާފައިވެއެވެ.
އަޙްމަދު އަދުހަމް، ޢަބްދުالله ޝަމްރޫޙް، މުޙައްމަދު ނަސޫހު އަދި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ)ގެ އިތުރުން އަޙްމަދު ޖަޝީމް ހިމެނޭ ‘ޓޫ އޮފް އަސް’ އިން ގެނެސްދިން ލަވަ އަޑުއެހުމަށްފަހު މުބާރާތުގެ ތިން ޖަޖުންވެސް އެ ހުށައެޅުމަށް ވަރަށް ބޮޑަށް ތަޢުރީފުކޮށް ވާހަކަދެއްކިއެވެ. އެގޮތުން ޝްރަދާ ޕަންޑިތު ބުނީ ޓޫ އޮފް އަސް ބޭންޑުން ގެނެސްދިން އައިޓަމުން ރަނގަޅަށް މުނިއަވަސްފިލި ކަމަށާ ހުށައެޅުން ވަރަށް ރަނގަޅު ކަމަށެވެ.
“މިފަހަރުގެ މުބާރާތުގަ ތަފާތުތަކެއް ފެންނާތީ މަށަށް ވަރަށް ކަމުގޮސްފި. ސަބަބަކީ ކޮންމެ ލަވައެއްވެސް ތަފާތު ނަޒަރިއްޔާއަކުން ހުށައަޅައިދެމުން އަންނަކަން މަށަށް ފާހަގަކުރެވޭ….
ތި ބޭންޑުން ހާމަނައިޒްކޮށްފަ އޮތްގޮތުން ‘ބާބޫ.. ބާބޫ… ކިޔާލި ތަންކޮޅު ވަަރަށް މަޖާ. މުޅި ހުށައެޅުންވެސް ވަރަށް ރަނގަޅު، ތަފާތެއް ފެންނަކަމަށް މަށަށް ފާހަގަކުރެވުނު. އެހެންވީމަ ވަރަށް ފައްކާ.”
* ޝްރަދާ ޕަންޑިތު
ޖަޖަކަށް އިން ރާޖާ ހަސަން ބުނީ ޖުމްލަގޮތެއްގައި ޓޫ އޮފް އަސްގެ ހުށައެޅުން ވަރަށް މަޖާ ކަމަށާ އެންމެ ރަނގަޅު ކަމަކަށް ފާހަގަކޮށްލެވުނީ ލަވަ ހުށައަޅައިދިން އިރު ލަވައިގެ ތެރެއަށް ރަނގަޅަށް ޣަރަޤުވެގެން ތިބި ތިބުން ކަމަށެވެ.
@muniavas 2ofUs #2ofus – an outstanding performance in India at the #battleofthebands #proudmaldivian #battleofbandsinternational #maldives ♬ original sound – MUNIAVAS
ދިވެހީންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ‘ޔޭ ހޭ މޮހައްބަތޭން’ އިން ވިދާލި ތަރި ދިވްޔަންކާ ތުރިޕާޓީ ޖަޖުންގެ ޕެނަލްގައި އިނދެ ބުނީ ލަވަ އަޑުއަހަމުން ދިޔައިރު އޭނާއަށް އިހްސާސްކުރެވުނީ ރާއްޖޭގެ ހިތްގައިމު މާހައުލުގައި ކުރުނބާ ފެންތަށްޓެއް ހިފައިގެން އަރާމުކޮށްލަން ޕޫލެއް ކައިރީގައި އިނދެގެން އެމީހުން (ޓޫ އޮފް އަސް)ގެ ލަވަ ބަލަމުން ދެވުނު ކަމަށް ހީކުރެވުނު ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!