ކާމިޔާބު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާޠިމަތު ނަހުލާގެ ކުރިއަށް އޮތް ފިލްމު “ސޮރީ“ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފިއެވެ. ފިލްމުގެ ރަސްމީ ފޭސްބްކް ޕޭޖަށް ޓްރެއިލާ އަޕްލޯޑްކުރިތާ އެއްދުވަސް ތެރޭ 01 ލައްކައަކަށް ވުރެން ގިނަ ވިއުޒް ލިބިފައިވާއިރު ނަހޫގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ އަމިއްލަ މީސްމީޑިއާ އެކައުންޓްތަކުން ހިއްސާކޮށްފައިވާ ޓްރެއިލާ ވީޑިއޯއަށްވެސް އެތަކެއް ހާސް ވިއުޒް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ނަހޫގެ އިންސްޓާގްރާމަށް އަޕްލޯޑްކޮށްފައިވާ ފިލްމު “ސޮރީ“ގެ ޓްރެއިލާއަށް ވެސް އެއް ދުވަސްތެރޭ 50 ހާހަށް ވުރެން ގިނަ ވިއުޒް ލިބިފައިވެއެވެ. މީގެ އިތުރުން ފިލްމުގެ ޓްރެއިލާ ނެރުމަށް ބޭއްވި ހަފުލާގެ ވީޑިއޯ ކްލިޕްސްތަކަށް ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން މުނިއަވަސްގެ ޓިކްޓޮކް މެދުވެރިކޮށް ގެނެސްދީފައިވާ ނަހޫގެ އިންޓަވިއު ކްލިޕްތަކަށް އެއް ދުވަސްތަރޭ 24 ހާހަށްވުރެން ގިނަ ވިއުޒް ލިބިފައިވެއެވެ.
“މިއީ ހަމައެކަނި “ސޮރީ” ޕޭޖަށް އެކަނި ޓްރެއިލާ ބެލި ވަރު. އެކިއެކި ޕްލެޓްފޯމުތަކުގަވެސް މި ޓްރެއިލާއަށް ބޯޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވޭ.
އިންސްޓާގަ ވެސް 50 ހާހަށް ވުރެން ގިނަ. މީގެ އިތުރުން އެކިއެކި މީހުންގެ އިންސްޓާ، ޓިކްޓޮކްގަ އާއްމުކޮށްފައިވާ ޓްރެއިލާއަށްވެސް ބޮޑު ތަރުހީބެއް ލިބެމުން ދަނީ.”
* ފިލްމު “ސޮރީ”ގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ނަހުލާ
މިއީި މިފަހުން އާއްމުކުރި ދިވެހި ފިލްމު ޓްރެއިލާތަކަށް ބަލާއިރު މިހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ ވިއުޒް ލިބިފައިވާ ޓްރެއިލާކަން ފާހަގަކޮށްލެވެއެވެ.
ފިލްމު “ސޮރީ“ގެ ޓްރެއިލާ ނެރެފައިވަނީ މިމަހު 08 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ އިވެންޓެއްގައެވެ. ޓްރެއިލާ އާއެކު ފިލްމުގެ ބައެއް ލަވަތަކާއި، ފިލްމުގެ ރަސްމީ ޕޯސްޓަރުވެސް ވަނީ ދައްކާލާފައެވެ.
ޖޫން 17 ގައި ރިލީޒްކުރާ މި ފިލްމުގެ ޓްރެއިލާއިން ފިލްމުގެ ލީޑު ތަރިން ފެނިގެންދާއިރު، އިހުސާސްތަކުން ފުރިފައިވާ މަންޒަރުތަކެއް ފެނިގެންދެއެވެ. މި ފިލްމުގެ ޓްރެއިލާއިން ލޯބި، ނަފްރަތު، ރުޅިވެރިކަން، ހިތާމަ ފަދަ އިހުސާސްތައް ވަރަށް ބޮޑަށް ގެނެސްދީފައިވެއެވެ. މީގެ އިތުރުން އެކްޝަން މަންޒަރެއްގައި ރާއްޖޭގައި ތިބި ވިލަން ރޯލުކުޅޭ އެންމެ ވަރުގަދަ ދެ އެކްޓަރުން ކަަމަށްވާ ރިއްޕެ އަދި އައްކިގެ ވަރުގަދަ ކުރިމަތިލުމެއްވެސް ފެނިގެންދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!