ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސޮރީ” ގެ ފުރަތަ ޝޯގެ ޓިކެޓް ބުކިން ގަޑިއެއްހާއިރު ތެރޭ ފުލްވެއްޖެ

ދިވެހި ފިލްމު ބަލާ އޯޑިއަންސުން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ ފިލްމު “ސޮރީ“ގެ ޓިކެޓް ބުކިންއަށް ހުޅުވައިލިތާ 01 ގަޑިއިރު ތެރޭ ޕްރިމިއާ ޝޯގެ ހުރިހައި ޓިކެޓެއްގެ ބުކިން ފުލްވެއްޖެއެވެ.

މިއަދު މެންދުރު ފަހު 01:00ގައި ޓިކެޓް ބުކިންއަށް ހުޅުވައިލުމާއެކު ޓިކެޓް ބުކިންއަށް ޚާއްޞަކުރި ނަންބަރަށް މެދުނުކެނޑި ކޯލްތައް ލިބި، ގަޑިއެއްހައި އިރު ތެރޭ ޕްރިމިއާ ޝޯގެ ހުރިހައި ޓިކެޓެއްގެ ބުކިން ފުލްވެފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާޠިމަތު ނަހުލާ މިއަދު މެންދުރުފަހު މުނިއަވަސްއަށް މަޢުލޫމާތުދެމުން ބުންޏެވެ.

“އެންމެ ފޯނަކުން ބުކިން ނެގޭވަރު ސްލޯވީ. އެހެން ނޫންނަމަ 10 ވަރަކަށް މިނެޓް ތެރޭ އެކީ ހުސްވީސް. ޓިކެޓް ނުލިބިގެން ބައެއް ބޭފުޅުން ވަރަށް މައްސަލަވެސް އެބަ ޖައްސާ، އެކެއް ޖެހި އިރުންސުރެން ގުޅަން އުޅެއުޅެ ނުގުޅިގެން އުޅެނިކޮށް ޓިކެޓް ހުސްވީމަ!”

* ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާޠިމަތު ނަހުލާ

ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓްތައްވެސް ބުކިން ހަދަމުން އަންނައިރު، ޓިކެޓް ބުކްކުރުމަށް ބާރުބޮޑުވެފައިވާ މިންވަރު ނަހޫގެ ވާހަކަތަކުން ރަނގަޅަށް އެގިގެންދެއެވެ.

ޖޫން 17ގައި ޕްރިމިއާކުރާ ފިލްމު “ސޮރީ“ގެ ޓިކެޓު ބުކްކުރުމަށް ގުޅާލަން ޖެހޭނީ 7844422 އަށެވެ. ޕްރިމިއާ ޝޯ ފިޔަވައި އެހެން ޝޯތަކުގެ ޓިކެޓުތައް ވިއްކަން ހަމަޖެހިފައިވަނީ 150 ރުފިޔާ އަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top