ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ

ޑާކް ރެއިން އެންޓަޓެއިންމަންޓުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ފިލްމު “ޕްރޮޖެކްޓް 37″ގެ ރަސްމީ ނަން މި މަހުގެ 21 ގައި އިއުލާނު ކުރާނެކަން އެ ސްޓޫޑިއޯ އިން މިމަހު 18 ވަނަ ދުވަހު ހާމަކޮށްކޮށްފި އެވެ.

އެކްޝަން ތުރިލާ ފިލްމު “ޕްރޮޖެކްޓް 37″ގެ ޝޫޓިން ފެށީ 19 އޯގަސްޓް 2024ގައެވެ. ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލާފައިވާ ކަމަށް ޑާކްރެއިން އިން ބުނީ މިއަހަރު ފެބްރުއަރީ މަހުގެ މެދެއްހައި ހިސާބުގައެވެ.

މިހާރު މި ފިލްމުގެ މަސައްކަތްތައް އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައެވެ. މި ފިލްމު ޑައިރެކްޓްކުރަނީ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤްގެ އިތުރުން ޑާކް ރެއިންގެ ޑައިރެކްޓަރ އަލީ ޝިފާއު (ޗިއްޕެ) އެވެ. “ޕްރޮޖެކްޓް 37” ގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ތޮލާލެވެ. މި ޓީމަކީ މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސްދިން ކާމިޔަބު ފިލްމު ރިވެންޖް އެކްޝަން ތުރިލާ “ފުރޭތަ” ވެސް އުފެއްދި ޓީމެވެ.

@muniavas Project 37 News: The wait is almost over. Get ready to uncover the name behind the mystery. Title reveal drops on 21st April 2025. @darkrainent ♬ original sound MUNIAVAS

“ޕްރޮޖެކްޓް 37″ގެ ކާސްޓްގައި ހިމެނޭ މުހިންމު ފަންނާނުންނަކީ މައިހާ، ޝީލާ ނަޖީބު، މޫސާ އަލީފް، އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އަދި ރަޒާންގެ އިތުރުން މި ފިލްމުގައިވެސް ރަވީގެ މުހިންމު ރޯލެއް ފެނިގެންދާނެ އެވެ.

މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީޤެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top