ބައިނަލްއަޤްވާމީ މައިދާނުގައި މިވަގުތު ދިވެހީންގެ ނަން ޝަރަފާއެކު ފަޚުރުވެރިކުރުވަމުން އަންނަ ދިވެހީންގެ ބޭންޑް “ޓޫ އޮފް އަސް” އިން ދިވެހީންނަށް ޚާއްޞަ މެސެޖެއް މިއަދު މިވަނީ އާއްމުކޮށްފައެވެ. މިއީ އެ ބޭންޑް އާއްމުކޮށްފައިވާ މެސެޖްގެ ދިވެހި ތަރުޖަމާއެކެވެ. ތަރުޖަމާކުރުމުގައި ބަހުގެ ހަމައަށް ފެއްތުމަށް ކުދިކުދި އުނިއިތުރު ހިމަނާފައިވާނެއެވެ.

“އަޅުގަނޑުމެންގެ ލޮބުވެތި ޤައުމަށް،

މިއަދު ސެމީ ފައިނަލަށް ގަދަ 6 ބޭންޑް ދަތުރުކުރާނެކަން އިއުލާނުކުރާނެ ވަގުތަކަށް އިންތިޒާރު ކުރަމުންދާއިރު، އަޅުގަނޑުމެންގެ ހިތްތައް ވަނީ ފުރިފައެވެ. އެއީ ބިރަކުން ނޫނެވެ. ހިތްތައް ފުރިފައިވަނީ ޝުކުރުވެރިކަމާއެކުގައެވެ.

މި ދަތުރަކީ އަޅުގަނޑުމެންނަށް ވާދަވެރިކަމަށްވުރެ މާ ބޮޑު ދަތުރެކެވެ. އެއީ އެއްބައިވަންތަކަމާއި، ކެތްތެރިކަމާއި، ލޯބީގެ ފިލާވަޅެކެވެ. އަޅުގަނޑުމެން ކުޅުނު ކޮންމެ ނޯޓަކާއި، ސްޓޭޖުގައި ހިއްސާކުރި ކޮންމެ ހިނދުކޮޅެއްގެ ތެރެއިން، އަޅުގަނޑުމެންގެ ފަހަތުގައި މި ޤައުމުގެ ބާރު އަޅުގަނޑުމެންނަށް އިޙްސާސް ކުރެވުނެވެ. ތިޔަބޭފުޅުންގެ އުފާފާޅުކުރުން ތަކާއި، ތިޔަބޭފުޅުންގެ ދުޢާތަކާއި، ތިޔަބޭފުޅުންގެ ފަސްނުޖެހޭ ތާއީދުން އަޅުގަނޑުމެންގެ ހިތްތައް ފުރުނެވެ.

ކޮންމެ ނަތީޖާއެއް ލިބުނު ނަމަވެސް، އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް މިހާރުވެސް ކާމިޔާބު ލިބިއްޖެ ކަމަށެވެ. ސަބަބަކީ ދިވެއްސަކަށް ވުމުގެ ޙަޤީޤީ މާނައަކީ ކޮބައިކަން މިއަދު އަޅުގަނޑުމެންނަށް ފެނިއްޖެއެވެ. އަޅުގަނޑުމެންނަށް ފެނިފައިވަނީ ޓީމް ވޯރކްގެ ބާރާއި، ޒުވާނުންގެ ރޫޙާއި، އަޅުގަނޑުމެން އެކުގައި ތިބޭއިރު އަޅުގަނޑުމެން ގެންގުޅޭ ވަކި ޙައްދެއް ނެތް ޤާބިލުކަމެވެ.

އިންޝާ الله، އަޅުގަނޑުމެންގެ ޤައުމު ފަޚުރުވެރިކުރުވަމުގައި އަޅުގަނޑުމެން ދެމިތިބޭނަމެވެ. އެކަމަކު ކޮންމެ މުބާރާތެއްގައި ވެސް ކަން ހިނގާ ފަދައިން ބައެއް ފަހަރު މޮޅުވެ، ބައެއް ފަހަރު ދަސްކުރުމަށް މަގުތަކެއް ފަހިވެގެންދެއެވެ. ކޮންމެ ގޮތެއްވިޔަސް، އަޅުގަނޑުމެން ކުރިއަށް ދަނީ “ގަދަކޮށް، އެއްބައިވަންތަކޮށް، އަދި އިންސްޕަޔަރޑްވެގެންނެވެ.”

މިއަދު ރާއްޖޭ ގަޑިން 17:30ގައި ޑީޑީ ނޭޝަނަލުން ވަގުތުން ޝޯ ދައްކާއިރު ޓިއުން ކޮށްލައްވާށެވެ. ވޭވްސް އެޕް އަދި ހިލޭ ޓީވީން މި ޝޯ ބަލައިލެވެން ހުންނާނެ އެވެ.

އަހަރެމެންގެ ހިތުގެ ފުންލޯތްބާއެކު!”

* ޓޫ އޮފް އަސް ބޭންޑް

އިއްޔެ ބޭއްވި ސެމީފައިނަލްގައި “ޓޫ އޮފް އަސް” ބޭންޑުން ހުށައެޅި އަސަރުން ފުރިފައިވާ ހުށައެޅުމަށް ހުރިހައި ޖަޖުންގެ ފަރާތުން ލިބިފައިވާ ކޮމެންޓްތަކުން ވަނީ ކުރިއަށް އޮތް ހަރުފަތަށް ދަތުރުކުރާނެކަމުގެ ފެހި ސިގްނަލް ލިބިފައެވެ.

@muniavas 2OfUs – Semi-final of BATTLE OF BANDS INTERNATIONAL#Battleofbandsinternational #2ofus #BattleOfTheBandsInternational #Doordarshan #WavesApp #SupportMaldivianMusic #Saregama #dhivehimusic #2ofus #semifinal #MaldivesToTheWorld #BattleOfTheBandsInternational #WatchLive #AnuMalik #Doordarshan #WavesApp #SupportMaldivianMusic #Saregama @Ahmed Adhuham @Shahyd Legacy @𝗡𝗮𝘀𝗼𝗼𝗵🦅 #dhivehimusic #mezzomode #badanpesitare #bollywood #bollywoodclassic #oldisgold #hindisong #maldivianmusic #shradhapandit #salimmerchant #rajahassan ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.