އިންޑިއާގެ މުމްބާއީގައި މިހާރު ކުރިއަށްދާ ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ސެމީ ފައިނަލަށް ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” ދަތުރުކޮށް މިވަނީ ދިވެހިރާއްޖޭގެ މިއުޒިކީ ތާރީޚުގައި މުޅީން އައު ޞަފްޙާއެއް ލިޔެލާފައެވެ.

ދިވެހީންގެ ކޮންމެ މީހެއްގެ ހިތުގައި ދިވެހި ބޭންޑް “ޓޫ އޮފް އަސް”ގެ ނަން، މިމަހު ފުރަތަމަ ދުވަހު މި ވަނީ ގުގުމާލާފައެވެ. “ޓޫ އޮފް އަސް” އިން ފަޚުރުވެރިކަމާއެކު ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025ގެ ސެމީ ފައިނަލަށް ދަތުރުކޮށް، މި ބައިނަލްއަޤްވާމީ މިއުޒިކް މައިދާނުގައި ގަދަ 06 ބޭންޑްގެ ތެރޭގައި މިވަނީ ހިމެނިފައެވެ.

މުމްބާއީގައި ދިވެހިރާއްޖެ ތަމްސީލުކުރާ މި ބޭންޑުން ގެންދަނީ ބިރެއްނެތި އަހަރުމެންގެ ފަޚުރުވެރި ޤައުމުގެ އުންމީދުތައް ނަގަހައްޓައި، ހިތާރޫޙުން މި ކުޑަކުޑަ ޖަޒީރާގެ އަޑަކީ ވެސް ދުނިޔޭގެ މައިދާނުގައި ގުގުމާލެވޭނެ އަޑެއްކަން ސާބިތުކޮށްދޭ ހުށައެޅުންތަކެއް ގެނެސްދީފައެވެ.

“މިއީ ހަމައެކަނި އަޅުގަނޑުމެންގެ ދަތުރެއް ނޫން – މިއީ އަޅުގަނޑުމެންގެ ޤައުމުގެ ދަތުރެއް! އަޅުގަނޑުމެންނާ މެދު ބަޔަކަށް ޔަޤީންކަން ނެތަސް، އަޅުގަނޑުމެން ކުޅޭ ކޮންމެ ރާގަކީ އަޅުގަނޑުމެންނާ މެދު ޔަޤީންކަން ބާއްވައިގެން ރާއްޖޭގައި ތިބި މީހުންނަށް ކުޅެދޭ ރާގެއް. މި ސްޓޭޖަކީ މުމްބާއީގައި އޮތް ސްޓޭޖެއް ނަމަވެސް، އަޅުގަނޑުމެންގެ ހިތްތައް އޮތީ ދިވެހިރާއްޖެއާ އެކު.

* ޓޫ އޮފް އަސް ބޭންޑްގެ ލީޑް ވޯކަލިސްޓް އަޙްމަދު އަދްހަމް

ސެމީ ފައިނަލަށް ވާޞިލުވުމަށް ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫންކަމަށް “ޓޫ އޮފް އަސް” އިން ބުނެއެވެ. އެހެނީ މި މުބާރާތުގެ ކޮންމެ ބުރެއްގައި އެ ބޭންޑުން ވަނީ ރާއްޖޭގެ ތަރިކައާއި ބޭރުގެ އަޑުތައް (ޔުނިވާރަސަލް ސައުންޑްސް) އެއްކޮށްލާފައިވާ ހުށައެޅުންތަކެއް ގެނެސްދީ އެމީހުންގެ ޝައުޤުވެރިކަން ބަންޑުންކޮށްލާފައެވެ. އެގޮތުން އެމީހުންގެ އަސްލު ކޮމްޕޮޒިޝަންތަކާއި ސަގާފީ ފިއުޝަންތަކުގެ ތެރެއިން، ޖަޒީރާ ފަސްގަނޑުގައި ބިންވަޅު ނެގިފައިވާ ހުވަފެންތައް ބައިނަލްއަގްވާމީ އުދަރެހަށް ފޯރިވިދާނެކަން އެމީހުން ވަނީ ސާބިތުކޮށްދީފައެވެ.

@muniavasCongra 2OfUs – 2OfUs Reached to the semi-final #Battleofbandsinternational #Doordarshan #SupportMaldivianMusic #WavesApp #dhivehimusic #Saregama #WatchLive #AnuMalik @2ofusmv @dhiscreen @adhuham.mv @nazooh77 @shamrukprime @jasheem4489 @chootinhochooti♬ original sound – MUNIAVAS

މުބާރާތުގެ ސެމީ ފައިނަލްގެ ހުށައެޅުން މެއި މަހުގެ 02 ދުވަހު ކުޅޭއިރު، ގްރޭންޑް ފިނާލޭ އޮންނާނީ މެއި މަހުގެ 03ވަނަ ދުވަހު އެވެ. މި ހިސާބުން އިތުރު ބޭންޑެއް ކަޓާނެ އެވެ. ފައިނަލްގައި ވާދަކުރާނީ އެންމެ ހުނަރުވެރި 05 ބޭންޑެވެ.

“މިއީ އަހަރެމެންނަށްޓަކައި ދުއާކޮށް، އަހަރެމެންނަށްޓަކައި އުފާފާޅުކޮށް، އަހަރެމެންނާ އެކުގައި ތިބި ކޮންމެ ދިވެއްސަކަށް ވެސް ލިބޭ ކާމިޔާބީއެއް!

އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ ހަމައެކަނި ޕާފޯމްކުރާކަށް ނޫން. އަޅުގަނޑުމެން މިތިބީ ރާއްޖޭގެ ކޮންމެ ޒުވާން ފަންނާނަކަށް ވެސް ޔަޤީންކަންދީ މިއީ ދިވެހީންނަށްވެސް ކުރެވޭނެ ކަމެއްކަން ސާބިތުކޮށްދޭން. ތިޔަ ދެކޭ ހުވަފެންތައް މުހިންމު. ތިޔަ އަޑު މުހިންމު.”

* ޓޫ އޮފް އަސް ބޭންޑް

އެއް ނޯޓެއް، އެއް ހިތުގެތެޅުމެއް، އެއް ލަވައެއް އެއްފަހަރާ ހުށައަޅާއިރު، މުޅި ދުނިޔެއިން ދަނީ މި ޝޯ ބަލަމުންނެވެ. ރާއްޖޭގެ ނަން އުފުލެމުންދެއެވެ.

ޑީޑީ ނޭޝަނަލް އެޗްޑީއިން ދައްކާ މި ޝޯ “ހިލޭ ޓީވީ”ގެ ލައިވް އިވެންޓްސް 01 ޗެނަލުން ވަގުތުން ބަލައިލެވޭނެއެވެ.

“ހިލޭ ޓީވީ” ސެޓަޕް ހަދާނެގޮތް މި ލިންކުން ވަރަށް ތަފުސީލުކޮށް ލިބެން ހުންނާނެއެވެ.

ހަމަ އެހެންމެ، ‘ވޭވްސް އެޕް’ މެދުވެރިކޮށް މި ޝޯ ބަލައިލެވޭނެއެވެ. މި ލިންކަށް https://www.wavespb.com/links/SH10574jfg ފިތާލައިގެންވެސް ޝޯ ބަލައިލެވޭނެއެވެ.

“ޓޫ އޮފް އަސް” ބޭންޑްގެ ކޮންމެ ހުށައެޅުމެއް ނިމޭތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް ރެކޯޑިން ބަލައިލެވެން ހުންނާނެއެވެ.

@muniavas 2OfUs – Semi-final of BATTLE OF BANDS @2ofus INTERNATIONAL#Battleofbandsinternational #2ofus #BattleOfTheBandsInternational #Doordarshan #WavesApp #SupportMaldivianMusic #Saregama #dhivehimusic #2ofus #semifinal #MaldivesToTheWorld #BattleOfTheBandsInternational #WatchLive #AnuMalik #Doordarshan #WavesApp #SupportMaldivianMusic #Saregama @Ahmed Adhuham @Shahyd Legacy @𝗡𝗮𝘀𝗼𝗼𝗵🦅 #dhivehimusic #mezzomode #badanpesitare #bollywood #bollywoodclassic #oldisgold #hindisong #maldivianmusic #shradhapandit #salimmerchant #rajahassan ♬ original sound – MUNIAVAS

“ޓޫ އޮފް އަސް” ބޭންޑް

“ޓޫ އޮފް އަސް” ބޭންޑަކީ އަޚުވަންތަކަމާއި، ކެތްތެރިކަމާއި، ސަގާފީ ފަޚުރުވެރިކަމުގެ ތެރޭގައި ބިނާވެފައިވާ މި ދިވެހިރާއްޖޭގެ ފިއުޝަން-ރޮކް ބޭންޑެކެވެ. އަސްލު މިއުޒިކާއި ރޯ-އިމޯޝަން އާއި އެކު ދުނިޔޭގެ މައިދާނުގައި ތަމްސީލުކުރަނީ ދިވެހީންގެ އާ ޖީލެއްގެ މިއުޒީޝަނުންގެ އަޑުތަކެކެވެ.

@muniavas 2ofUs Day3 Full Performance #2ofus #Episode3 #MaldivesToTheWorld #BattleOfTheBandsInternational #WatchLive #AnuMalik #Doordarshan #WavesApp #SupportMaldivianMusic #Saregama @Ahmed Adhuham @Shahyd Legacy #dhivehimusic ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.