ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025ގެ ފައިނަލަށް ދިއުމަށްޓަކައި ސެމީ-ފައިނަލްގައި ރާއްޖޭގެ ފަޚުރުވެރި ބޭންޑް “ޓޫ އޮފް އަސް” އިން ހުށައެޅި ވަރުގަދަ ހުށައެޅުމަށް ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރ، ލަވަކިޔުންތެރިޔާ ސަލީމް މާރޗެންޓް އަދި ދެން ތިބި ޖަޖުންގެ ތަޢުރީފު ބަންޑުންކޮށްލައިފިއެވެ.
“ޓޫ އޮފް އަސް” ބޭންޑުން ހުށައެޅި ‘މުސާފިރް ހޯ ޔާރޯނ’ އަދި ‘އާޖާ އާޖާ މެއިނ ހޫނ ޕިޔާރް ތެރާ’ގެ ވަރުގަދަ އަދި ފޯރިގަދަ ހުށައެޅުން ނިމުމުން، ކޮމެންޓްދެމުން ސަލީމް މާރޗެންޓް ބުނީ ‘ހުށައެޅުމަށް (ޕާރފޯމްކުރުމަށް) އެންމެ ބެސްޓް ބަޔަކީ ޓޫ އޮފް އަސް’ ކަމަށެވެ. ސަލީމް އެ އިޝާރާތްކުރީ މިފަހަރު މި މުބާރާތުގައި ވާދަކުރާ ބޭންޑްތަކުގެ ތެރެއިން އެންމެ ބެސްޓްކޮށް ޕާފޯމްކުރަނީ “ތޫ އޮފް އަސް” ކަމަށެވެ.
“އާޕް ލޯގޯ ނޭ ޔޭ ޕްރޫވް ކަރްދިޔާ ޔޭ ކޭ ޕާރފޯމަންސް މެއިނ، އާޕް ލޯގް ސަބްސޭ ބެސްޓް އޮފް!“
* ސަލީމް މާރޗެންޓް – ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރ، ލަވަކިޔުންތެރިޔާ
މުބާރާތުގެ ރަސްމީ ޖަޖުންގެ ތެރެއިން ޝްރާދާ ޕަންޑިތު ބުނީ ‘މުސާފިރް ހޯ ޔާރޯނ’ގެ އިތުރުން ދެން ކިޔި އަނެއް ލަވައަށް ރުޖޫއަވި ގޮތް އެއީ ކޮށްފާނެކަމަށް ހިތަށްވެސް ނާރަ ކަމެއް ކަމަށާ، އެއީ ވަރަށް ސަޅިކަމެއް ކަމަށެވެ.
“ޕާރފޯމަންސް ފެނިގެންދިޔަ، އުފެއްދުންތެރިކަން ފެނިގެންދިޔަ، ކަލޭމެންގެ އަމިއްލަ ގޮތްތަކެއް ލި، އެހެންވީމަ އަހަންނަށް ހީވަނީ އެއީހެން ބޭންޑެއްގަ ހުންނަން ޖެހޭ ގޮތަކީ. ވަރަށް ހިތްގައިމު!“
* ޝްރާދާ ޕަންޑިތު
ރާޖާ ހަސަން އަދި މިއަދުގެ ޚާއްޞަ މެހެމާނު ޖަޖްވެސް ވަރަށް ބޮޑަށް “ޓޫ އޮފް އަސް” އަށް ތަޢުރީފުކޮށްފައިވެއެވެ.
@muniavas @2ofus Musaafir Ho Yaaron & Aaja Aaja Main Hoon Pyar Tera @jasheem4489 @Chootinho Chooti 🇵🇸💚🇲🇻 @𝗡𝗮𝘀𝗼𝗼𝗵🦅 @Ahmed Adhuham @Shahyd Legacy @Abdul Hannan Moosa Didi #battleofbandsinternational #foryou #2ofus ♬ original sound – MUNIAVAS
🎤 “ޓޫ އޮފް އަސް” ވެސް ވާދަކުރާ ފައިނަލް އޮންނާނީ މާދަމާ (04 މެއި 2025ގައި) ހަވީރު17:30ގައި.
ގްރޭންޑް ފިނާލޭ ޑީޑީ ނޭޝަނަލް އެޗްޑީއިން ދައްކާ މި ޝޯ “ހިލޭ ޓީވީ”ގެ ލައިވް އިވެންޓްސް 01 ޗެނަލުން ވަގުތުން ބަލައިލެވޭނެއެވެ.
“ހިލޭ ޓީވީ” ސެޓަޕް ހަދާނެގޮތް މި ލިންކުން ވަރަށް ތަފުސީލުކޮށް ލިބެން ހުންނާނެއެވެ.
ހަމަ އެހެންމެ، ‘ވޭވްސް އެޕް’ މެދުވެރިކޮށް މި ޝޯ ބަލައިލެވޭނެއެވެ. މި ލިންކަށް https://www.wavespb.com/links/SH10574jfg ފިތާލައިގެންވެސް ޝޯ ބަލައިލެވޭނެއެވެ.
“ޓޫ އޮފް އަސް” ބޭންޑްގެ ކޮންމެ ހުށައެޅުމެއް ނިމޭތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް ރެކޯޑިން ބަލައިލެވެން ހުންނާނެއެވެ.
“ޓޫ އޮފް އަސް” ބޭންޑް
“ޓޫ އޮފް އަސް” ބޭންޑަކީ އަޚުވަންތަކަމާއި، ކެތްތެރިކަމާއި، ސަގާފީ ފަޚުރުވެރިކަމުގެ ތެރޭގައި ބިނާވެފައިވާ މި ދިވެހިރާއްޖޭގެ ފިއުޝަން-ރޮކް ބޭންޑެކެވެ. އަސްލު މިއުޒިކާއި ރޯ-އިމޯޝަން އާއި އެކު ދުނިޔޭގެ މައިދާނުގައި ތަމްސީލުކުރަނީ ދިވެހީންގެ އާ ޖީލެއްގެ މިއުޒީޝަނުންގެ އަޑުތަކެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް
- 3 މެއި 2025ޚަބަރުބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް
- 3 މެއި 2025ޚަބަރުލޯބިން ކުޅެން ފަށައިފި