މިތަމޭނިއާ (މައިތޯމެނިއާ) Mythomania، ނުވަތަ ސޫޑޯލޮޖިއާ ފެންޓާސްޓިކާ ނުވަތަ ޕެތޮލޮޖިކަލް ދޮގުހެދުމުގެ ނަމުން ވެސް ނަންދެވިފައިވާ މި ހާލަތަކީ ނުވަތަ މި ބަލިމަޑުކަމަކީ ދޮގުހެދުމާއި ހައްދެއް ނެތް މިންވަރަށް މާގިނައިން ހޮޅިވާހަކަތައް ދެއްކުމަށް މަޖުބޫރުވެފައިވާ ނަފުސާނީ ޙާލަތެކެވެ. މިތަމޭނިއާ ޖެހިފައިވާ ފަރާތްތަކުން ގިނައިން ވާހަކަތައް އުފައްދައި، ގިނަ ފަހަރަށް ޑްރާމާޖައްސައި އަދި މީހުންގެ ސަމާލުކަން ހޯދުމަށް ވާހަކަތައް އުފައްދާއިރު، އެމީހުންގެ ދޮގުހެދުމުގެ ސާފު ނިޔަތެއް ނެތިދާނެ އެވެ.
މިތަމޭނިއާގެ މުހިންމު ސިފަތައް:
މަތީގައިވާ ޑިފިނިޝަން ނުވަތަ ސިފަކޮށްދިނުމަށް ވިސްނައިލުމުން މިފަދަ މީހަކާ ނުވަތަ ބަޔަކާ އަހަރުމެންނަށް ދިމާވެފައި ހުރެދާނެއެވެ. މިތަމޭނިއާ އަކީ އެއްވެސް ޖެހިލުމެއް ނެތި، އާޚިރުނަތީޖާއަކާ މެދު ކުޑަކޮށްވެސް ވިސްނައިލުމެއް ނެތި، ބިރަކާނުލައި ފަސޭހަކަމާއެކު ދޮގުހެދުމަށް މަޖުބޫރުވެފައިވާ ނުވަތަ އާދަވެފައިވާ ނަފުސާނީ ޙާލަތެކެވެ.
މިތަމޭނިއާ ތަހައްމަލުކުރަމުން އަންނަ މީހެއްގެ ކިބައިން ފެންނާނެ ބައެއް ސިފަތައް، ކުރުކޮށް ނަމަވެސް ތަފުޞީލުކޮށްލާނަމެވެ.
އަމިއްލަ ނަފުސަށް މަޖުބޫރުވެގެން ދޮގުހެދުން:
މިތަމޭނިއާ ތަހައްމަލުކުރާ މީހާ ދޮގުހެދުމަށް އިޚްތިޔާރުކުރާކުރުމަކީ ޤަސްދުގައި ނިންމާ ނިންމުމެއް ނޫނެވެ. އަދި ކިއެއްތަ، އެއީ އާދަވެފައިވާ ރަވައްޔާއެކެވެ.
ނިޔަތް ނެތުން:
އާދައިގެ ދޮގުހެދުމާ ޚިލާފަށް މިތަމޭނިއަކްސް (މިތަމޭނިއާ ތަހައްމަލުކުރަމުން އަންނަ މީހުން) ގިނަ ފަހަރަށް ދޮގު ހަދަނީ ސާފު މަޤްޞަދެއް ނުވަތަ އަމިއްލައަށް ފައިދާއެއް ނެތިއެވެ.
މާބޮޑަށް ކަންބޮޑުކުރުމާއި ފޭބްރިކޭޓްކުރުން (ނުވަތަ ވާހަކަ އުފެއްދުން):
ހަދާ ދޮގުތަކަކީ ކުދިކުދި ކަންކަމުގެ މަލަމަތި ރީތިކުރުމުން ފެށިގެން ތަފްސީލީ، ފެންޓާސްޓިކަލް (ޚިޔާލީ، ފުލޯކް) ވާހަކަތަކާ ހަމައަށް ވެސް ވެދާނެ އެވެ.
ދެކޮޅުނުޖެހޭ ކަންތައްތައް:
މިތަމޭނިއަކްސް އަށް އެމީހުންގެ ދޮގުތައް ފޫބެއްދުމަށް އުނދަގޫތަކެއް ކުރިމަތިވެ، އެމީހުންގެ ވާހަކަތަކުގައި އެއްގޮތް ނުވުންތައް އުފެދިދާނެ އެވެ.
ފޫނުބެދޭ ހަޤީޤަތާއި ދުރު:
މެދުނުކެނޑި ދޮގުހެދުމަކީ ފަރުދުންނަށް ހަގީގަތްއޮޅޭ ފަދަ ތަސައްވުރެއް އުފެދިދާނެ ކަމެކެވެ.
އަމިއްލައަށް އޮޅުވާލުމުގެ ފުރުސަތު:
ބައެއް ހާލަތްތަކުގައި މިތޯމެނިއަކްސް އިން ޚުދު އޭނާ ހަދާ ދޮގުތަކަކީ ޙަޤީޤަތެއްކަމަށް ނުވަަތަ ތެދުކަމަށް ބޫލުކުރަން ފަށައިފާނެއެވެ.
މިތަމޭނިއާ ޖެހުމަށް މެދުވެރިވާ ސަބަބުތައް އަދި ފަރުވާ:
މިތަމޭނިއާ ޖެހުމަށް މެދުވެރިވާ ސީދާ ސަބަބުތައް ފުރިހަމައަށް ނޭނގުނު ނަމަވެސް، ނަފްސާނީ ހާލަތްތަކާއި، ޕާރސަނަލިޓީ ޑިސްއޯޑާރ (ޝަޚްޞިއްޔަތު ޚަރާބުވުން)، މާޒީގެ ތަޖުރިބާތައް ހިމެނޭ ގޮތަށް އެކި ކަންކަމާ ގުޅިފައިވާ ކަމަށް ބެލެވެއެވެ.
ފަރުވާދިނުމުގައި ސައިކޮތެރަޕީ ހިމެނޭއިރު، މިއީ ފަރުދުންގެ ސުލޫކުގެ ވިސްނުން ހޯދައި، ކަންކަމުން އަރައިގަތުމުގެ ގޮތްތައް ތަރައްޤީކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ގުޅުންތަކަށް ކުރާ އަސަރު:
މިތަމޭނިއާގެ ސަބަބުން ގުޅުންތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބި، އިތުބާރު ގެއްލި، އެކުވެރިކަން ގޯސްވެ، އިޖުތިމާއީ ގޮތުން އެކަހެރިވުން ފަދަ ކަންކަން މެދުވެރިވެ އެވެ.
އެހީތެރިކަން ހޯދުން:
ތިމާ ނުވަތަ ތިމާއަށް އެނގޭ މީހަކު މިތަމޭނިއާ އާއި ކުރިމަތިލާން ޖެހިފައިވާނަމަ ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ތެރަޕީގެ ސަބަބުން އޭގެ އަސްލު މައްސަލަތައް ހޯދައި، ހާލަތު ރަނގަޅުކުރުމަށް ލަނޑުދަނޑިތައް އެކުލަވާލުމަށް ރައްކާތެރި ޖާގައެއް ލިބިގެންދެއެވެ.
މިތަމޭނިއާ އާއި ދޮގުހެދުމުގެ އެހެން ގޮތްތައް ތަފާތުކުރުން:
މިތަމޭނިއާ އާއި އާދައިގެ މިންވަރަކަށް ނުވަތަ ދޭތެރެ ދޭތެރެއިން ދޮގުހެދުމާއި ހުންނަ ތަފާތު ދެނެގަތުން މުހިންމެވެ. މިތަމޭނިއާގައި ހިމެނެނީ ދޭތެރެ ދޭތެރެއިން ބޭކާރު ދޮގު ނުވަތަ އިޖުތިމާއީ މައިދާނުގައި ދޮގުހެދުމާ ޚިލާފަށް، ގިނަ ފަހަރަށް ސާފު އެދުމެއް ނެތި ދިގުދެމިގެންދާ އަދި މަޖުބޫރުކޮށްގެން ދޮގުހެދުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 7 މެއި 2025މަޢުލޫމާތުމިތަމޭނިއާ ނުވަތަ ބިރަކާނުލައި ދޮގުހަދާ ބަލި
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް