މަޝްހޫރު ދިވެހި މިއުޒިކް ބޭންޑް، “2 އޮފް އަސް”އިން އޮލިމްޕަހުގައި ބާއްވާ ޝޯގެ ޚަރަދުގެ ބޮޑުބައެއް ސްޕޮންސާގެ ގޮތުގައި ލިބިފައިވާތީ، ޝޯގެ ޓިކެޓު އަގުހެޔޮކޮށްފިއެވެ. ޓިކެޓްތައް އަގުހެޔޮކޮށްފައި ވަނީ ކުރީގެ އަގާއި އަޅައި ބަލާއިރު ބޮޑުތަނުންކަން ފާހަގަކޮށްލެވެއެވެ.
މިމަހުގެ 23ވަނަ ދުވަހުގެ ރޭ 8:00އިން ފެށިގެން 12:00އާ ހަމައަށް ކުރިއަށްގެންދާ މި ޝޯގެ ޓިކެޓު ތިން ކެޓަގަރީއެއްގައި ވިއްކާއިރު، މިހާރު ޓިކެޓު ވިއްކާ އަގުތަކަކީ:
ކެޓަގަރީ 1: ޕްލެޓިނަމް
- މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 1،000 ރުފިޔާއަށް
- ޕްރައިމް ސީޓިން
- ސުވެނިއާސް އަދި އެކްސްކްލޫސިވް ގިފްޓްސް
- ޝޯގައި ބައިވެރިވާ އިންޑިއާގެ ސެލެބްރިޓީސްއާއި ޓޫ އޮފް އަސްއާ ބައްދަލުވުމުގެ ފުރުސަތު
- އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް
- ކޮންސާޓަށް ފަހު އޮންނަ އިންޑިއަން ޑިނާގައި ބައިވެރިވުން
- ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް
ކެޓަގަރީ 2: ގޯލްޑް
- މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 500 ރުފިޔާއަށް
- އެކްސަލެންޓް ސީޓިން
- ސުވެނިއާސް އަދި ގިފްޓްސް
- އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް
- ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް
ކެޓަގަރީ 3: ބްރޮންޒް
- ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 250 ރުފިޔާއަށް
- ސުވެނިއާސް އަދި ގިފްޓްސް
- ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް
“ޓޫ އޮފް އަސް” ބޭންޑުން ދާދި ފަހުން ވަނީ، މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ “ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް”ގެ ދެވަނަ ރަނަރަޕްކަން ހޯދާފައެވެ.
“ޓޫ އޮފް އަސް” އިން އޮލިމްޕަހުގައި ބާއްވާ ޝޯގައި ބެޓްލް އޮފް ބޭންޑްސް ޝޯގެ ހޯސްޓު ކޭތަން ސިންގްއާއި ދެ ފަނޑިޔާރުންގެ އިތުރުން ބޭރުގެ ބައެއް ފަންނާނުންނާއި ރާއްޖޭގެ ބައެއް ފަންނާނުންވެސް ފެނިގެންދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
