ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޓޫ އޮފް އަސް” ގެ ފުރަތަމަ ޝޯގެ ޓިކެޓް އެއްކޮށް ވިކި ހުސްވެއްޖެ

“ޓޫ އޮފް އަސް” އިން މިރޭ އޮލިމްޕަހުގައި ބާއްވާ ތަރީޚީ ޝޯގެ ހުރިހައި ޓިކެޓެއް ވިކި ހުއްވެފައިވާކަމަށް އެ ބޭންޑުން ބުނެފިއެވެ. ބޭންޑުން ބުނީ މިހާރު ވިއްކަމުން ދަނީ މިމަހު ު24 ވަނަ ދުވަހުގެ ރޭ ބާއްވާ ދެވަނަ ޝޯގެ ޓިކެޓް ކަމަށެވެ.

އޮލިމްޕަހުގައި މިރޭ ބާއްވާ ޝޯގެ ރެޑް ކާޕެޓް އިވެންޓް ފެށޭނީ މިރޭ 19:45ގައެވެ. ބޭންޑުގެ ފުރަތަމަ ޝޯ ހުކުރު ދުވަހުގެ ރޭ 08:00އިން 12:00 ޖެހުމާ ހަމައަށެވެ.

“ޓޫ އޮފް އަސް” ބޭންޑުން ބުނީ ޓިކެޓަށް އޮތް ޑިމާންޑް ބޮޑުކަމުން ދެވަނ ޝޯގެ ޓިކެޓްތައްވެސް ވަރަށް ބާރަށް ވިކެމުން އަންނަ ކަމަށެވެ. އެހެންކަމުން ޝޯގެ ޓިކެޓް ހޯދަން ބޭނުންވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް އުޅުމަށްވެސް ބޭންޑުން އެދެއެވެ.

މި ޝޯގެ ޓިކެޓު ތިން ކެޓަގަރީއެއްގައި ވިއްކާއިރު، މިހާރު ޓިކެޓު ވިއްކާ އަގުތަކަކީ:

ކެޓަގަރީ 1: ޕްލެޓިނަމް

  • މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 1،000 ރުފިޔާއަށް
  • ޕްރައިމް ސީޓިން
  • ސުވެނިއާސް އަދި އެކްސްކްލޫސިވް ގިފްޓްސް
  • ޝޯގައި ބައިވެރިވާ އިންޑިއާގެ ސެލެބްރިޓީސްއާއި ޓޫ އޮފް އަސްއާ ބައްދަލުވުމުގެ ފުރުސަތު
  • އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް
  • ކޮންސާޓަށް ފަހު އޮންނަ އިންޑިއަން ޑިނާގައި ބައިވެރިވުން
  • ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް
    ކެޓަގަރީ 2: ގޯލްޑް
  • މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 500 ރުފިޔާއަށް
  • އެކްސަލެންޓް ސީޓިން
  • ސުވެނިއާސް އަދި ގިފްޓްސް
  • އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް
  • ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް
    ކެޓަގަރީ 3: ބްރޮންޒް
  • ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 250 ރުފިޔާއަށް
  • ސުވެނިއާސް އަދި ގިފްޓްސް
  • ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް

މިއީ ހަމައެކަނި މިއުޒިކް ޝޯއެއް ނޫނެވެ. މިއުޒިކްގެ އިތުރުން އިންޑިއާ އަދި ރާއްޖޭގެ ސަގާފަތް ވެސް ތަޖުރިބާ ކޮށްލުމަށް ލިބޭ އުފާވެރި އަދި ޚާއްސަ ފުރުސަތެކެވެ.

ޓޫ އޮފް އަސްގެ ޝޯގައި ބައިވެރިވާ ބޭރުގެ ފަންނާނުންގެ ތެރޭގައި:

  • ‘ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025’ގެ ހޯސްޓު ކެޓަން ސިންގް، މި ޝޯގައި ވެސް ހޯސްޓެއްގެ ގޮތުގައި ފެންނާނެ
  • ‘ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025’ގެ ދެ ފަނޑިޔާރުން އަދި ބޮލީވުޑްގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝްރައްދާ ޕަންޑިތުއާއި ރާޖާ ހަސަން
  • ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ޝުރުތީ ޕަތަކް
  • އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ ‘ޝިވޮހަމް’
  • އެ ޝޯގެ ސްޓޭޖް މަތިން ފެންނާނެ ދިވެހި ފަންނާނުންގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ‘ބޮކިޓޮޒް’ އަދި މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) ހިމެނެއެވެ

ޓޫއޮފްއަސްގެ މި ތާރީޚީ ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top