މިއީ ދުނިޔެ ދުށް މަޝްހޫރު ކަނބަލެކެވެ. ފެޝަންތަކުގެ ހުނަރުވެރި މޮޅު ފަރުމާވެރިއެކެވެ. ކުޅަދާނަ ލިޔުންތެރިއެކެވެ. ނަމަކީތޯއެވެ! ކްރިސްޑާ ރޮޑްރިގޯއެވެ. ކްރިސްޑާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރީ ކެންސަރުބައްޔާ ހަނގުރާމަކުރަނިކޮށެވެ. އޭނާ ނިޔާވުމުގެ ކުރިން ފޮޅުވަތްތަކެއްގައި މާނަފުން މެސެޖުތަކެއް ލިޔެ ދުނިޔެއަށް ހާމަ ކުރިއެވެ.
އާދޭހެވެ! ރަނގަޅީ ކާކު ހެއްޔެވެ! ނުބައީ ކާކު ހެއްޔެވެ! އިންސާނުންގެ އެތެރެފުށާއި ބޭރުފުށުގެ ހާލާއި އިހުސާސްތައް ދެނެވޮޑިގަންނަވާ މާތްﷲއަށް ޙަމްދާއި ޝުކުރުކުރުކުރަމުން ކްރިސްޑާގެ މާނަފުން، އަސަރުގަދަ މެސެޖުތައް ތިޔަ އެންމެ ބޭފުޅުންނާ ހިއްސާމި ކުރަނީއެވެ. އޭނާ އިނގިރޭސިބަހުން ލިޔުނު އެ މެސެޖުތަކުން އަޅުގަނޑަށް ތަރުޖަމާ ވި ގޮތަށެވެ. ވިދާޅުވެލައްވާށެވެ!
@muniavas Dhiriulhumuge Hageegaiy – Crisda Rodriguezs ge Dhulun ދިރިއުޅުމުގެ ހަގީގަތް – ކްރިސްޑާ ރޮޑްރިގޯގެ ދުލުން #CrisdaRodriguezs #Crisda #cancer #fyppppppppppppppppppppppp #fypage #fypageシ #fy #fypシ゚ #dhiriulhun @ashraf_1243@unmaday @khsannu ♬ original sound – MUNIAVAS
- އަހަރެންގެ ގަރާޖުގައި އެ އޮތީ ދުނިޔޭގެ އެންމެ އަގުބޮޑު ބުރޭންޑުގެކާރެކެވެ. އެހެނަސް އަހަރެން ދަތުރު މި ކުރަނީ ފުރޮޅުލީގޮނިޑިއެއްގައެވެ.
- އަހަރެންގެ ގެ ފުރި ބަރާވެފައިވަނީ ހުރިހައި ވައްތަރެއްގެ ފަރުމާވެރީންގެ އެކި ޒާތުގެ ހެދުންތަކާއި ފައިވާނާއި އަގުހުރި މުދަލުންނެވެ. އެހެނަސް އަހަރެންގެ ހަށިގަނޑު ނިވާކޮށްފައި މި ވަނީ ހަސްފަތާލުން ދެއްވި ކުޑަ ފޮތިގަނޑަކުންނެވެ.
- އެންމެ ރަނގަޅު މިންވަރަށް ބެންކުގައި އަހަރެންގެ ފައިސާ ވެސް އެބަ ހުއްޓެވެ. އެކަމަކު އެ ފައިސާއަކުން އަހަންނަކަށް އެއްވެސް ފައިދާއެއް މިއަދަކު ނުކުރެއެވެ.
- އަހަރެންގެ ގެ ގަނޑުވަރެއް ފަދައެވެ. އެހެނަސް އަހަރެން މި އޮންނަނީ ހަސްފަތާލުގައި ހުރި ޑަބަލް ސައިޒު އެނދެއްގައެވެ.
- އަހަރެން ބޭނުން ނަމަފަސްތަރީގެ އެއް ހޮޓަލުން އަނެއް ފަސްތަރީގެ ހޮޓަލަށް ޒިޔާރަތް ވެސް ކުރެވިދާނެއެވެ. އެހެނަސް، އަހަރެން ވަގުތު ގުނަމުން މި ދަނީ ހަސްފަތާލުގެ އެއް ލެބުން އަނެއް ލެބަށް ދިޔުމުގައެވެ.
- އަހަރެން އެތައް ބަޔަކަށް އަހަރެންގެ ސޮއި ދިނީމެވެ. އެހެނަސް މިއަދު އަހަރެންގެ ސޮއިކަމުގައި ވެފައި މި ވަނީ ޑަކުޓަރުގެ ނޯޓެވެ.
- އަހަރެންގެ އިސްތަށިގަނޑު ނަލަ ހައްދަން ހަތް ވައްތަރުގެ ގަހަނާ ވެސް ހުއްޓެވެ. އެހެނަސް މިހާރު އަހަރެންގެ ބޮލަކު އިސްތަށްޓެއް ނެތެވެ.
- އަހަރެން ބޭނުން ނަމަ އަހަރެންގެ އަމިއްލަ ޖެޓެއްގައި އަހަރެން ބޭނުން ކޮންމެ ތާކަށް ދެވިދާނެއެވެ. އެހެނަސް މިއަދު އަހަންނަށް ބޭނުން ވަނީ ހަސްފަތާލުގައި އަހަންނަށް އެހީތެރިވާނެ އެންމެ ދެ މީހުންނެވެ.
- ކިތަންމެ ގިނައެއްކޮށް ކާބޯތަކެތި ހުއްޓަސް، އަހަރެންގެ ކެޔުމަކަށް ވެފައި މިވަނީ ދުވާލު 2 ގުޅަ ބޭހާއި ރޭގަނޑު ދެތިން ލޮނު ތިއްކެވެ.
މިގެއާއި މި ކާރާއި މި ޖެޓާއި މި ފަރުނީޗަރާއި އެތައް ބެންކެއްގެ އެކައުންޓުގައި ހުރި ފައިސާއާއި އެތައް އަގަކާއި އެތައް މަޝްހޫރުކަމެއް ލިބިފައިވެއެވެ. އެހެނަސް މިއިން އެއްވެސް އެއްޗެއް ބޭނުންތެރި އެއްޗަކަށް ނުތްވެވެ.
އަގުބޮޑު އެއްވެސް އެއްޗަކަށް އަހަންނަށް ލުޔެއް ނުދެވުނެވެ.
ހަގީގީ ދިރިއުޅުމަކީ ވީހައިވެސް ގިނަ ބަޔަކު އުފާކޮށްދީ ހިނިތުންކޮށް ދިނުމެވެ. “މަރު ފިޔަވައި ހަގީގީ އެއްޗެއް ނެތެވެ.” އުމުރު ވަރަށް ކުރެވެ. !!!
ތަރުޖަމާ: އަޝްރަފް ޢަލީ
ދިރިއުޅުމުގެ ހަގީގަތް
ލިޔުންތެރިޔާގެ ފުރަމަލަ

- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 2 ޖޫން 2025އިޖްތިމާޢީދިރިއުޅުމުގެ ހަގީގަތް – ކްރިސްޑާ ރޮޑްރިގޯގެ ދުލުން
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި