ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތާރީޚީ ކާމިޔާބީއަކާއެކީ ދިވެހިފިލްމު ސޮރީ އޮލިމްޕަސް ސްކްރީނަށް

މަޝްހޫރު ފިލްމުޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާ ފިލްމީމަސަތްކަތާއި ދުރުގައި ދުވަސްގަނޑަކު ހުރުމަށްފަހު އަނެއްކާވެސް ބެލުންތެރިންގެ ހިތްތަކާއި ކުޅެލެވޭވަރުގެ ފިލްމެއް މިރޭ އޮލިމްޕަހުގެ ސްކްރީނުގައި އަޅުވަން ތައްޔާރުވެއެޖެއެވެ.

މި ފިލްމު ސްކްރީނަށް މިއަންނަނީ މުޅިން އާ ރެކޯޑެއްގާއިމުކުރަމުންނެވެ. އެގޮތުން މިހާތަނަށް މި ފިލްމުގެ ޖުމްލަ 18ޝޯގެ ޓިކެޓްވަނީ ވިކިހުސްވެފައެވެ.

މިހާރުވިކެމުންދަނީ 19ވަނަ ޝޯގެ ޓިކެޓްކަމަށް ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ނަހޫ ބުންޏެވެ.

މިއީ މިހާތަނަށް ދިވެހިފިލްމެއް ރިލީޒްކުރުމުގެ ކުރިން މިހާގިނަ ޝޯތަކެއް ހައުސްފުލްވި ފުރަތަމަފަހަރު ކަމަށް މައުލޫމާތުލިބެއެވެ.

މި ފލްމުގެ ލީޑު ތަރިންގެގޮތުގައި މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު(ޔޫއްޕެ) ފެނިގެންދާއިރު ޔޫއްޕެއާއިއެކީ އިރުތު ތަޢާރަފަކަށް ބޭނުންނުވާ މަރްޔަމް އައްޒަ ފެނިގެންދާނެެއެވެ. މީގެ އިތުރުން ނަހޫގެ ދަރިފުޅު ލާލި އަދި މާމަ ދަރިފުޅުޅު އެވްލީގެ ހިއްގައިމު މޮޅު އެއްޓިންގެ ސަބަބުން ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެކަން ޔަގީނެވެ. އަދި މިނޫނަސް މަޝްހޫރު އެތަކެއް ތާރިންނެއް މި ފިލްމުން ފެނިގެންދާނެއެވެ.

ކުރިން ނަހުލާވެސް ފާހަގަކުރިގޮތަށް ނަހުލާގެ ރެކޯޑް މުގުރާލެވެނީ ހަމަ ނަހުލާއަށް ކަމަށް ބެލުންތެރިން ގަބޫލުކުރަން އިތުރަށް ބާރުއަޅާނެ ފިލްމަކަށް މި ފިލްމު ވެގެންދާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ޟ8 މަސް ކުރިން

މަާަމަދަރި އެވުލީ

Home
Menu
Search
Back to top