ދިވެހި ފިލްމު ބަލާ އޯޑިއަންސުން އެ ފިލްމަކަށް އެންމެ ބޮޑު އިންތިޒާރެއް ކޮށްގެން ތިބި ދިވެހި ފިލްމު ”ސޮރީ“ މިމަހު 17 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކޮށްފިއެވެ. މި ފިލްމަކީ ނަހޫގެ ރެކޯޑްތައް މުގުރާލުމުގެ އިތުރުން ރާއްޖޭގެ ފިލްމު އުފެއްދުންތެރިންގެ ރެކޯޑްވެސް މުގުރާލާ ބެލުންތެރިންނާ ހަމައަށް ގެނެސްދިން ހިތްގައިމު، އަސަރުގަދަ ދިވެހި ފިލްމެކެވެ.
ސޮރީ! ވަރަށް ބޮޑަށް ސޮރީ!
އަހަރުމެންނަކީ ފިލްމުތަކުގައި ވާގޮތް އެއްވެސް ވަރަކަށް ގެނެސްދޭ ބައެއް ނޫންކަމުން އެބައި ދޫކޮށްލާނަމެވެ. މި ފިލްމަކީ ތިން ގަޑިއިރާ ތިރީހަކަށް މިނެޓަށް ދިގު ފިލްމެއް ނަމަވެސް ފޫހިކަމެއް ނެތި ބަލައިލެވުނު ފިލްމެކެވެ. ފޫހިވާނެ އެންމެ ވަގުތުކޮޅެއް މި ފިލްމު ބަލަމުން ދިޔައިރު ލިބިގެނެއްވެސް ނުދިޔައެވެ. ފިލްމު ފެށުނީންސުރެން ނިމެންދެންވެސް ފެނިގެން ދިޔައީ ހިތްގައިމުކަމުން، ލޯ ކަސިޔާރުކޮށްލަން ބޭނުންނުވާނެ ސަޅި، ކުޑަކޮށް މަޖާވެސް މަންޒަރުތަކެކެވެ. ފިލްމުގައި އަސަރުގަދަ ބައިތައް ގެނެސްދޭން ފެށި ހިސާބުން، ކަމަކަށް ފަހު ކަމެއް، ހާދިސާއަކަށް ފަހު ހާދިސާއެއް، އިމޯޝަނަލް ކަންތައްގަނޑަކަށްފަހު ކަމެއް ލައްވައިލަމުން ދިޔައީ ހުރިހައި ބެލުންތެރިންގެ ހިތުގައި ޖައްސާފައެވެ. އެންމެ ހިތްވަރުގަދަ ކަމަށް ބުނާ މީހާއަށްވެސް މި ފިލްމު ބަލައިގެން އަސަރުކުރިތަން ފެނިގެން ދިޔައެވެ. ރުއި މީހުން ރުއީ ނަހޫ ބުނަމުން އައި ބަސްތައް ތެދުކޮށްދެމުންނެވެ.
އެކްޓިންއަށް ހަމަ ސަތޭކަ!
އެންމެ ކުރިންވެސް ބުނެލަން ބޭނުންވަނީ އެވްލީ އަދި ލާލިގެ ވާހަކައެކެވެ. އެ ދެކުދިން ދެއްކި އެކްޓިންއަކީ ހަމަ ގައިމުވެސް ނަހޫގެ ނާޝް އަދި ޒޫނާއްތަގެ ނަބީލް ލައްވައި މީގެ ކުރިން ކުޅުވާފައިހުރި ބައިތައް ފެންކޮށްލާވަރުގެ ހުނަރުވެރި، މޮޅު އަދި އެހާމެ އަސަރުގަދަ އެކްޓިންއެކެވެ. ފިލްމު ބަލައި ނިމިގެން ފިލްމުގެ ކާސްޓުންނުން ފެށިގެންގޮސް ފިލްމީ ދާއިރާގެ އެކިއެކި ފަންނާނުންނާއި ބެލުންތެރިންވެސް އޮލިމްޕަހުން ނުކުމެގެން ދިޔައީ އެ ދެކުދިންގެ ހުނަރުވެރިކަމުގެ ވާހަކަތައް ދައްކަމުން ތަޢުރީފުކުރަމުންނެވެ.
ދެން މި ފިލްމުން ފެނިގެން ދިޔަ އެކްޓަރުންގެ އެކްޓިންގެ ސަޅިކަމުގެ ވާހަކަދެއްކުން އެއީ ހަމަ ގައިމުވެސް ބޭނުމެއް އޮތް ކަމެއް ނޫނެވެ. ކޮންމެ ފަންނާނެއްވެސް، އެ ފަންނާނަކަށް ދީފައިވާ ކެރެކްޓާ ކުޅެފައިވަނީ އަސްލު ދިރިއުޅުމުގެ އަސްލު އިހްސާސްތަކާއެކުގައެވެ.

ސަޅި ލަވަތަކެއް!
ފިލްމުން ފެނި އިވިގެން ދިޔަ ހުރިހައި ލަވަތަކެއްވެސް ވަރަށް ސަޅިއެވެ. ހިތްގައިމު ރާގުތަކަކާއި މިއުޒިކް އަދި ހުށައެޅުން ފެނިގެންދިޔަ މި ލަވަތަކުގެ ލިރިކްސްވެސް އެހާމެ ހިތްގައިމުވެފައި އަސަރުގަދައެވެ.
ޖުމްލަކޮށް ބުނެލާނީ ”ސޮރީ“ ނުބަލާ މީހަކު ފަހުން ”ސޮރީ“ ފީލްވާނެ!
ފިލްމު ”ސޮރީ“ މިއީ ދިވެހި މުޖުތަމަޢުގައި އޮތް ވަރަށް ބޮޑު އިޖްތިމާޢީ އަދި ސިއްހީ މައްސަލައެއް މި ފިލްމުގެ މައިގަނޑު ވާހަކައިގެ ތެރޭގައި ’ކީ އިލެމެންޓެއް’ގެ ގޮތުގައި ހިމަނާފައިވާ ފިލްމެކެވެ. މިއީ ނަހޫ ހެދި ހުރިހައި ފިލްމަކަށް ގޮންޖަހާލާފައިވާ ފިލްމެކެވެ. 19 ޝޯގެ ޓިކެޓް ފުލްވެފައިވައި އޮއްވާ މި ފިލްމު ޕްރިމިއާކުރުން މިއީވެސް ދިވެހި ފިލްމަކުން މީގެކުރިން މުގުރާލާފައިވާ ރެކޯޑެއް ނޫނެވެ.
މުނިއަވަސް ޓިކެޓޮކުން ބެލުންތެރިންގެ ރިވިއު ވީޑިއޯ ކްލިޕްސްތައް!
އަހަރުމެންގެ ޓިކްޓޮކުން ބެލުންތެރިންގެ ކޮމެންޓް، ރިވިއު ވީޑިއޯތައް ބަލަމުން ގެންދާށެވެ. މިވަގުތު މި ހިއްސާކޮށްލަނީ ފިލްމުން ފެނިގެންދިޔަ ލާލި އަދި އެވްލީގެ ވީޑިއޯކޮޅެކެވެ.
@muniavas SORRY Balaafa Laali adhi Evely Bunee Keekay? @Fathimath Nahula @AxzxA @eupeofficial @Washiya Mohamed @Ali Shameel #sorrythemovie #sorry_themovie #sorrythemovie #foryoupage #foryou #f #fyp #foryoupageofficiall @laina @UMAR ASHFAQ @Ahmed Rasheed ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

- ލައިނާ އަކީ އިވެންޓް ކަވަރޭޖްތަކަށް ޚާއްޞަ ނޫސްވެރިއެކެވެ. ލައިނާއަކީ ދޫހެލޭ، އެހުންތެރިންނާ ގުޅިގެން ޕްރޮގްރާމުތައް ކުރިއަށްގެންދާ ކުޅަދާނަ ޕްރެޒެންޓަރެކެވެ.





ތެދައް ބުނަންޏާ މި ފިލްމު ނަހޫގެ އެހެން ފިލްމްތައް ވަރެއް ނޫން. މިއައް ވުރެއް ހިތްދަތި ސްޓޯރީ މާރީތި ނަހޫގެ އެހެން ފިލްމްތަކުގަ. މާ ރިއަލިސްޓިކް. މި ފިލްމުގަ ބައިވަރު ވާހަކަ އިބަހުރި. އޭގެން ކޮން ވާހަކަ އަކަށް އަލިއެޅުވީ ނޭންގެ. ރިއަލިސްޓިކް ވެސް ވީސް ކަންނޭގެ އެތުނުން އެެއްކުއްޖެއްގެ ސްޓޯރީ އާ ތެލްސީމިއާ ލައިފް ގުޅުވި ނަމަވެސް. ނަހޫގެ ނާޝް ޒުލޭހާގަ އެ ދެއްކީ ވަރަށް މޮޅު އެކްޓިންއެއް. އެއީ ހަމަ %100. ނާޝްގެ މޮޅު އެކްޓިންގ އެވްލީ ލައްވާ ނެރެން ބޮޑަށް މަސައްކަތް ކޮއްފަ ހުރިކަން ފާހަގަވި. ޢެވްލީ ވެސް މޮޅު. އެކަމް މާ ބޮޑައް އެކުއްޖާ ލައްވާ އެ ފެންވަރު ނެރެން އެޅެފަހުރީމަ ފިލްމު ބަލަމުން ދިޔަ ވަގުތުވެސް އަޅައިގަނޭ. ދެން މާ ބޮޑަށް އެއްކަމެއްގަ ފިލްމް ދިގުދަންމާފަ ހުރީ. ފިލްމު ހަޑިއެއް ނޫން.