މުޙައްމަދު ޢަބްދުﷲ (މުހައްމާ)ގެ ‘ދެކެދެކެވެސް ޕްރޮޑަކްޝަން’ އަދި ޔޫސުފު ޝަފީޢު (ޔޫއްޕެ)ގެ ‘ޔޫއްޕެ ޕްރޮޑަކްޝަން’ އިން ތައްޔާރުކުރި އެންމެންގެ ފިލްމު، “އިލްޒާމް” ޕްރިމިއާކޮށްފިއެވެ. ޔޫއްޕެގެ އުފަންދުވަސް، 20 އޮކްޓޫބަރުގައި މި ފިލްމު ޕްރިމިއާކޮށްދިނީ ދާދި މިދާކަށް ދުވަހު އުވާލެވުނު ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީޤު އެވެ.
މި ހަފުލާގައި ޔޫއްޕެގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ކޭކުފެޅުމާއެކު ޚާއްޞަ ހަރަކާތެއް ކުރިއަށްގެންދިޔައެވެ. މީގެ އިތުރުން ޔޫއްޕެގެ ފިލްމު “އިލްްޒާމް”ގެ ނަމުގައި ‘އައިލެން ޕާފިއުމް’ އިން މުޅިން އަލަށް ތަޢާރަފުކުރާ ސެންޓްފުޅި ނެރުންވެސް ކުރިއަށް ގެންދިޔައެވެ.
ޔޫއްޕެގެ ބޮލުގައި މުހައްމާ މި އެޅުވި “އިލްޒާމް” ބެލުމަށްފަހު ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބިފައިވެއެވެ. އެގޮތުން ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި ‘މުނިއަވަސް އޮންލައިން’ގެ ޕްރިމިއަމް މެމްބަރު ޢާއިޝަތު ޝިރާނީ މި ފިލްމާއިމެދު ދީފައިވާ ކޮމެންޓް ފާހަގަކޮށްލެވެއެވެ.
ަ
@muniavas Euppe ge ILZAAMAH Shiraani Bunee Keekay? #ilzaam @eupeproductions @dharaa64 @laesharr @laina4669 ♬ original sound – MUNIAVAS
މާލޭގެ ސިނަމާތަކުން މިހާރު ވެސް ގިނަ ޝޯތަކެއްގެ ޓިކެޓް ވިކިފައިވާއިރު، އަތޮޅު ތެރޭގެ ބެލުންތެރިންނަށް ފިލްމު ބަލައިލުމުގެ ފުރުސަތު ހޯދައިދިނުމަށް ރަށްރަށުގައި ޝޯތައް އަޅުވަން ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން 90 އަށް ވުރެން ގިނަ ރަށުގައި ފިލްމު އެޅުވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
