ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އުރުދޫ ޑްރާމާ “މެރި ޒިންދަގީ ހޭ ތޫ” މިރޭ ފަށަނީ

ޕާކިސްތާނުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބިލާލް އައްބާސް ޚާން އާއި ހާނިއާ އާމިރުގެ އާ ޑްރާމާ ސިލްސިލާ “މެރި ޒިންދަގީ ހޭ ތޫ” މިރޭ ދައްކަން ފަށާނެއެވެ.

ބިލާލް އާއި ހާނިއާގެ އިތުރުން އަލީ ޚާން، ޖަވޭރިއާ އައްބާސީ، އަރްޖުމަންދު ރަހީމް އަދި އަދުނާން ޖައުފަރް ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދާ މި ޑްރާމާގައި ދައްކުވައިދެނީ ތަޤުދީރުން ގުޅުވި ދެމީހެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެކެވެ. ލޯބީގެ ހިތްދަތިކަމާއި ހާމަނުކުރާ ހުވަފެންތަކާއި އާއިލާގެ އުންމީދުތަކާއި ޒާތީ ޤުރުބާނީތައް މި ޑްރާމާގައި ދައްކުވައިދޭނެއެވެ.

ރަދައިން ޝާހް ލިޔެދީފައިވާ ލޯބީގެ މި އަސަރުގަދަ ޑްރާމާ ޑައިރެކްޓް ކޮށްފައިވަނީ “މޭރޭ ޕާސް ތުމް ހޯ” އަދި “ހަބްސް” ފަދަ ހިތްގައިމު ޑްރާމާތަކެއް ގެނެސްދީފައިވާ މުސާދިޤް މާލިކެވެ. ޕްރޮޑިއުސްކުރީ ހުމަޔުން ސައީދު އާއި ޝެހެޒާދު ނަސީބެވެ.

ޕާކިސްތާނު ޗެނަލް އޭ.އާރް.ވައި ޑިޖިޓަލް އިން ދައްކާ “މެރި ޒިންދަގީ ހޭ ތޫ” ގެ ފުރަތަމަ ބައި މިރޭ ރާއްޖެ ގަޑިން 20:00 ގައި ދައްކާއިރު މި ޑްރާމާގެ ބައިތައް ދެއްކުމަށް ހަމަޖައްސާފައިވަނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭގައެވެ.

@muniavas އުރުދޫ ޑްރާމާ “މެރި ޒިންދަގީ ހޭ ތޫ” މިރޭ ފަށަނީ Meri Zindagi hai Tu | Starting from 7th Nov, Fri & Sat at 8:00 PM | Hania Aamir | Bilal Abbas Khan #arydigital #haniaamir #bilalabbas ♬ original sound – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top