ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސެހެރް އާއި ހަމްޒާ އެކުގައި އެނބުރި އަންނަނީ

ޑްރާމާ ސިލްސިލާ “ފެއަރީ ޓޭލް” ގައި ފަރުޖާދު އާއި އުމީދު ދެކެ ލޯބިވި ފަރާތްތަކަށް މިއޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. ސެހެރް ޚާން އާއި ހަމްޒާ ސޮހައިލް އަލުން އެކުގައި “މުނައްވަރާ ކާ ޚާދިމް” އިން ފެނިގެންދާނެއެވެ. މި ދެ ތަރިން އަލުން ސްކްރީނުން އެކުގައި ފެންނާނެތީ ގިނަ ބަޔަކު ތިބީ ވަރަށް އިންތިޒާރުގައެވެ.

ފަރުޖާދު އާއި އުމީދުގެ ގޮތުގައި މި ދެ އެކްޓަރުން ދައްކުވައިދިން ގުޅުމާއި މަޖާ ހަރަކާތްތަކުގެ ސަބަބުން، އެ ދެމީހުން ވެފައިވަނީ ބެލުންތެރިންގެ އެންމެ މަޤުބޫލު ޖޯޑަށެވެ. ސެހެރް ޚާން ވަނީ “ތަން މަން ނީލް އޯ ނީލް” އަދި “އޭކް އޯރް ޕަކީޒާ” ފަދަ ޑްރާމާތަކުން އޭނާގެ ހުނަރު ސާބިތުކޮށްދީފައެވެ. ހަމައެއާއެކު، ހަމްޒާ ސޮހައިލް ވެސް ވަނީ “ދޭކް ޒަރާ ޕިޔާރު ސޭ”، “ދިލް ވަލީ ގަލީ މޭ” އަދި “ޒަރުދު ޕައްތޯން ކާ ބުން” ފަދަ ތަފާތު މަސައްކަތްތަކުން އޭނާގެ މޮޅު އެކްޓިން ދައްކާލާފައެވެ.

މި އާ ޑްރާމާގައި އެ ދެ ތަރިން ކުޅޭނީ ކޮންކަހަލަ ރޯލުތަކެއްކަން އަދި ސާފުނުވި ނަމަވެސް، މުޅިން ތަފާތު ވާހަކައަކުން އެމީހުން ފެނިގެން ދިއުމަކީ ބެލުންތެރިން ވަރަށް ބޮޑަށް އުންމީދުކުރާ ކަމެކެވެ. ކުޅަދާނަ ޓީމަކާއެކު މި ދެ ތަރިން އަލުން އެކުގައި މަސައްކަތްކުރާ ޚަބަރާއެކު ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ފޯރިގަދަވެފައެވެ.

މި ޑްރާމާގެ ފަހަތުގައި އޮތީވެސް ވަރަށް ފާހަގަކޮށްލެވޭ ޓީމެކެވެ. “މުނައްވަރާ ކާ ޚާދިމް” ލިޔެފައިވަނީ “ޖަމާ ތަގްސީމް” އަދި “ދަސްތަކް” ފަދަ ޑްރާމާތަކުން މަޝްހޫރުކަން ހޯދާފައިވާ ސަރުވަތު ނަޒީރެވެ. އަދި ޑައިރެކްޓްކުރަނީ “ޕަރީޒާދު”، “ސަބާތު” އަދި “ޔަކީން ކާ ސަފަރު” ފަދަ ކާމިޔާބު މަސައްކަތްތައް ގެނެސްދީފައިވާ ޝެހެޒާދު ކަޝްމީރީއެވެ. މި ޑްރާމާއަކީ އެމް.ޑީ ޕްރޮޑަކްޝަންސްގެ އުފެއްދުމެކެވެ.

މިވެސް ކިޔާލަން:  "ތެރޭ ބިން 2" ކެންސަލެއް ނުވޭ، މަސައްކަތް ދަނީ ކުރިއަށް

މި ޑްރާމާގެ ޓީޒާ ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ބެލެވޭއިރު، އޭރުން މި އާ މަސައްކަތާ ބެހޭ އިތުރު ތަފްސީލުތައް އެނގިގެންދާނެއެވެ. ފެއަރީ ޓޭލްގެ ފޭނުންނަށް މިއީ ހަމަގައިމުވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top