ފިލްމީ މަސައްކަތްތަކާއި ތަންކޮޅެއް ދުރުގައި ދުވަސްކޮޅަކު ހުރުމަށްފަހު ބެލުންތެރިންނާ ފާތިމަތު ނަހުލާ ބައްދަލުކުރީ ”ސޮރީ“އޭ ބުނަމުންނެވެ. ފިލްމު ”ސޮރީ“ގެ ހޫނުކަން ނުކެނޑި އުޅެނިކޮށް ނަހޫ ދެން ގެނެސްދޭނެ ފިލްމުގެ ނަން އިއުލާނުކުރިއެވެ. އެ ފިލްމުގެ ހުރިހައި ކާސްޓުން ފައިނަލްވެފައި ނެތަސް، ފިލްމުގެ ވަރަށް މުހިންމު ރޯލެއް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބަށް އޮތްކަން ނަހޫ މިވަނީ މިމަހު 15ގައި ހާމަކޮށްފައެވެ.

ނަހޫގެ ’ކްރިސްޓަލް އެންޓަޓެއިންމެންޓް’ގެ ޓިކްޓޮކް މެދުވެރިކޮށް ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ގެނެސްދެމުން އަންނަ ސިލްސިލާ ޝޯގެ މި ދިޔަ ހަފުތާގެ އެޕިސޯޑް ޚާއްޞަކުރީ ޝީލާ އަށެވެ. އެ ޝޯ ތެރެއިން ޝީލާއަށް އަދި ބެލުންތެރިންނަށްވެސް ބޮޑު ސަޕްރައިޒެއް ލިބިގެންދާނެ ގޮތަށް ފިލްމު ”ގިސް“ އިން ވަރުގަދަ ރޯލެއް ކުޅެން ފުރުޞަތު ދޭނެ ކަމަށް ނަހޫ އިޢުލާނުކުރިއެވެ. ހަމަ އެވަގުތު ޝީލާ އުފަލުންގޮސް ފޮޅުނުތަން ފެނިގެންދިޔައެވެ.

@muniavas Nahoo ge GIS in Sheela ah Furusatheh @crystalentertainmentmv @shielanajeeb @mamma.maldives ♬ original sound – MUNIAVAS

ނަހޫގެ ހަގު އަންހެން ދަރިފުޅު ލާލި އަދި ދޮށީ އަންހެން ދަރިފުޅު ނާޝްގެ އެވްލީގެ އަސަރުން ފުރިގެންވާ ރޯލެއް ގެނެސްދިން ފިލްމު ”ސޮރީ“ގެ ފަންސާހަށްވުރެން ގިނަ ޝޯ އޮލިމްޕަހުގައި އަޅުވައި އޭގެ ފަހުން ޝްވެކް ސިނަމާގައިވެސް ގިނަ ޝޯތަކެއް ދައްކާފައިވެއެވެ. މި ފިލްމުގައި ވެސް ޝީލާގެ ރޯލެއް ފެނިގެން ދިޔައެވެ. ފިލްމުގެ އެކްސްޓެންޑެޑް ވާޝަން ބައިސްކޯފު މެދުވެރިކޮށް ނެރޭއިރު، ސިނަމާގައި ދެއްކި ވާރޝަނަށް ވުރެން ދިގުވާނެއެވެ. އެ ވާރޝަންގައި ޝީލާގެ ރޯލުވެސް ބޮޑަށް ފެނިގެންދާނެއެވެ.

ނަހޫ ގެނެސްދޭ ”ކްރިސްޓަލް އެންޓަޓެއިންމެންޓް ލައިވް“ގެ މިރޭގެ އެޕިސޯޑްގައި ގެނެސްދޭނީ ސުނީތާ ޢަލީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.