ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމިއްލަ މީޑިއާތަކަށް ބަޖެޓުން އެހީދިނުމަށް ވުޒާރާއާއި އެމްއެމްބީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖޭގެ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފަންނާ ބެހޭ ވުޒާރާއިން ބުނީ މި އެމްއޯޔޫއަކީ ހަމަހަމަކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެމްއެމްބީސީން މާލީ އެހީ ލިބޭ މީޑިއާތަކުގެ ތަފްސީލާއި ފައިސާގެ މަޢުލޫމާތު ވުޒާރާއާ ހިއްސާކުރާނެއެވެ. އެއަށްފަހު މާލީ ވުޒާރާ މެދުވެރިކޮށް އެ ފައިސާ މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވުޒާރާއިން ހާމަކުރެއެވެ.

ބަޖެޓުގެ 0.1 އިންސައްތަ މީޑިއާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލުގެ ދަށުން އަމިއްލަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތިލެވޭނެ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ. މި ފައިސާ ދޫކުރާނީ 3 ޕޭމަންޓަކަށް ބަހާލައިގެން ކަމަށް ވުޒާރާއިން ބުނެއެވެ. މި އެހީތެރިކަން ލިބުމަށް އެންމެ މުހިންމު އަސާސަކީ އެ މީޑިއާއަކީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކަށް ވުމާއި، ބްރޯޑްކާސްޓް މީޑިއާނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top