ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެންމެންގެ ހިތްތައް ކަތިލި “ހިތް ކަތިލިޔެ” އެއްކޮށް ނެރެފި

އެ ލަވައެއް އެންމެ ފުރަތަމަ އިވުމާއެކު ވެސް ހިތުގެ އެންމެ ފުނަށް އަސަރުކޮށް، އެންމެންގެ ހިތްތައް ކަތިލި ލަވަ “ހިތް ކަތިލިޔެ” ގެ ވީޑިއޯ އެއްކޮށް ނެރެފިއެވެ.

މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) އާއި މަރިޔަމް އަޝްފާގެ ހިތްގައިމު އަޑުން އިވިގެންދިޔަ މި ހިތްގައިމު ލަވައިގެ ޅެމާއި ރާގު ވެސް ހެދީ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) އެވެ. ދިވެހިވަންތަ އެހެނަސް ތަމަޅަ ލަވަތަކުގައި ހުންނަ ކަހަލަ އިހުސާސެއް އެކުލެވޭ މި ލަވައިގެ މިއުޒިކް ހެދީ ޙުސައިން ތައުފީޤެވެ.

ލަވައިގެ ކިޔާލުމާއި ރާގުގެ ހިތްގައިމުކަން ހިތްތައް ކަތިލާހާ ފުރިހަމައިރު، މި ލަވައިން ފެނިގެންދާ އަޙްމަދު ޝާރިފް އާއި ޢައިޝާ ޢަލީގެ ފައިހަމަކުރުންތަކުން ވެސް ހިތް ކަތިލާހާވެއެވެ. ލ. އަތޮޅުގެ ހިތްގައިމުކަން ދައްކާލަދިން މި ލަވައިގެ މަންޒަރުތައް ކެމެރާ ކުރީ ސަމާހު އިބްރާހީމެވެ. ލަވައިގެ ނެށުންތައް ތައްޔާރުކޮށްދީ ލަވަ ޑައިރެކްޓް ކުރީ އަޒުހާން އިބްރާހީމެވެ.

“ހިތް ކަތިލިޔެ” ލަވައިގެ ހިތްގައިމުކަމުގެ ޖާދޫގައި ދިވެހިން ޖެއްސުމަށްފަހު، މިއަދު ޔޫޓިއުބަށް މި ލަވައިގެ ވީޑިއޯ އެއްކޮށް ދޫކޮށްލާފައިވަނީ ފިލްމު ބެލި ގިނަ ބައެއްގެ އެދުމުގެ ވެސް މަތިންނެވެ. ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފިލްމީ ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) ހިމެނޭ މުޅިން އާ މަންޒަރުތަކަކާއެކު އަނެއްކާ މިރޭ އޮލިމްޕަހުގައި “ލިލީ” ފިލްމު އަޅުވާއިރު ބެލުންތެރިންނަށް ދިން ހަދިޔާއެއްގެ ގޮތުންވެސް މެއެވެ.

ކްރިއޭޓިވް ނެޓްވޯކްގެ ފުރަތަމަ ދިވެހި ފިލްމު “ލިލީ”  ގެ މައިގަނޑު ތަރިންގެ ތެރޭގައި ޢައިޝާ ޢަލީ، އަޙްމަދު ޝާރިފް، މުޙައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަޙްމަދު ނިމާލް، މަރިޔަމް ޙަލީމް އަދި ޢަލީ ފާރޫޤް ހިމެނެއެވެ. އަޒުހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށްފައިވާ “ލިލީ” ޕްރޮޑިއުސް ކުރީ މުޙައްމަދު އަރީހް އެވެ..

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top