ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސީޒަން، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް

ދިވެހިރާއްޖޭގެ މަޝްހޫރު ފިލްމީތަރި އަލީ ސީޒަން، ސްރީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ސިޔާސީ މަޤާމަކަށް އައްޔަނުކޮށްފިއެވެ. ޚަބަރުތައް ލިބޭގޮތުގައި ސީޒަން އައްޔަނުކޮށްފައި ވަނީ ހައި ކޮމިޝަންގެ ފަސްޓް ސެކެރެޓީގެ މަޤާމަށެވެ.

މީގެ ކުރިން ޚަބަރުތައް ލިބިފައިވާ ގޮތުން ސީޒަން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާނެކަމަށް ހާމަކުރުމަށްފަހު، ނަން އަނބުރާ ގެންގޮސްފައެވެ.

ސީޒަންއަކީ ރާއްޖޭގެ ގިނަ ބެލުންތެރިންގެ ލޯތްބާއި މަޤުބޫލުކަން ލިބިފައިވާ ފަރާތެކެވެ. ނަމަވެސް ފިލްމީ މަސައްކަތުގައި ވަގުތު ހޭދަކުރުމުގެ އިތުރުން ސީޒަން ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެންޕޭނުގައި ވަރަށް އިސްކޮށް ހަރަކާތްތެރި ވެގެންދިޔަތަން ފެނިގެންގޮސްފައެވެ.

ރާއްޖޭގެ ފިލްމީ ދާއިރާއަށް ބަލާލާއިރު މިހާރު ފެނިގެން ދަނީ ގިނަ މަޝްހޫރު ފިލްމީތަރިން ސިޔާސީ ދާއިރާއަށް ނިކުންނަތަނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top