ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މި ފަހަރު ޔޫއްޕެ ޕީއެންސީ ޕްރައިމަރީ މައިދާނަށް

ރާއްޖޭގެ މަޝްހޫރު ފިލްމީތަރި(ޔޫސުފް ޝަފީއު) ޔޫއްޕެ ފޭސްބުކުގައި އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕީއެންސީގެ ޓިކެޓުގައި، މާލެ ސިޓީ މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލާކަމަށެވެ. އަދި އެ ޕޯސްޓްގައި އަންނަ ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީގައި އޭނައަށް ވޯޓު ދިނުމަށްވެސް އެދިފައިވެއެވެ.

ސިޔާސީ ދާއިރާގެ ތެރެއިން ޕީއެންސީއާއި ޔޫއްޕެ ގުޅުނުކަން އާއްމުކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރ މަހުގައި އޮތް ޕީއެންސީގެ ހަރުގެ ޖަލްސާއެއްގެ ތެރޭގައެވެ. އަދި މި ފޯރމް ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށެވެ.

ޔޫއްޕެ ސިޔާސީދާއިރާއަށް ނިކުތުމުން ބެލުން ތެރިން ޔޫއްޕެ ފިލްމީދާއިރާއިން ވަކިވީ ކަމަށް ބުނެ ވާހަކަދައްކަމުން ގެންދާއިރު، މިހާރުވެސް އޮލިންޕަހުގައި އަޅުވާފައިވާ ލިލީގައިވެސް ޔޫއްޕެ ފެނިގެންދާނެކަމަށް އެ ޓީމުންވަނީ ބުނެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top