ޒިންމާދާރު ނޫސްވެރިކަމާއި މީޑިއާ ޕްރެކްޓިސްގެ އެތިކަލް ޕްރިންސިޕަލްތައް ނަގަހައްޓައި ދެމެހެއްޓުމަކީ މުނިއަވަސް އޮންލައިންގެ އެންމެ ވަރުގަދަ އެއް އަސާސެވެ.

އެކުލެވިގެންވާ ބައިތައް

  • މަޢުލޫމާތުގެ ޞައްޙަކަމާއި ތެދުވެރިކަން
  • މިނިވަންކަން
  • އިންސާފުވެރިކަމާއި ހަމަހަމަކަން
  • އިންސާނީ ކަރާމާތަށް އިޙްތިރާމްކުރުން
  • ދެފުށް ފެންނަ ސިޔާސަތު
  • ޖަވާބުދާރީ ކުރުވުން
  • ވިޝުއަލް އަދި ޑިޖިޓަލް ކޮންޓެންޓްގައި އިންޓެގްރިޓީ
  • ސޭފްޓީ އެންޑް ރެސްޕޮންސިބިލިޓީ
  • ޕްރޮފެޝަނަލް ކޮންޑަކްޓް
  • ކޮންޓިނިއުއަސް ލާރނިންގ

 

  1. މަޢުލޫމާތުގެ ޞައްޙަކަމާއި ތެދުވެރިކަން

ހ- ހުރިހާ ކޮންޓެންޓެއްގައި ވެސް މަޢުލޫމާތުގެ ޞައްޙަކަމާއި އިންސާފުވެރިކަމާއި ތެދުވެރިކަން ހޯދަން މަސައްކަތް ކުރާނެ.

ށ- ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގެ ކުރިން މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށް، ބަހުގެ ޤަވާއިދާއި ހަމައަށް ފެއްތުމަށް މަސައްކަތްކުރާނެ.

ނ- ދެފުށް ފެންނަ ގޮތަށް ޚަބަރު ގެނައުން.

  1. މިނިވަންކަން

ހ- އެޑިޓޯރިއަލް ނިންމުންތަކަކީ އިޝްތިހާރުކުރާ ފަރާތްތަކާއި، ސްޕޮންސަރުން ނުވަތަ އެނޫންވެސް ބޭރުގެ މަސްލަހަތުތަކުގެ ނުފޫޒުން އެއްކިބާވެފައިވާ، ނިންމުންތަކަކަށް ވާނެ.

ށ- ސްޓާފުން މަސްލަހަތު ފުށުއަރާ ކަންކަން ހާމަކޮށް، އެޑިޓޯރިއަލް އިންޓެގްރިޓީއަށް ބުރޫއަރާ ފަދަ ހަރަކާތްތަކުން ދުރުހެލިވާނެ.

 

  1. އިންސާފުވެރިކަމާއި ހަމަހަމަކަން

ހ- ތަފާތު ޚިޔާލުތައް އެކަށީގެންވާ މިންވަރަށް ހުށަހަޅައި، ކަވަރޭޖްގެ މާއްދާތަކަށް ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ދިނުން.

ށ- މައްސަލަ އެއްފަރާތް ކުރުން ނުވަތަ ވަކިފަރާތަކަށް ބުރަވުން ފަދަ ކަންކަމުން ދުރުހެލިވާނެ.

ނ- އަދި ކޮންމެ ރިޕޯޓަކީ ވެސް އިޙްތިރާމްކުރާ، ވަކި ފަރާތަކަށް ނުޖެހޭ އަދި ޝާމިލުވާ ރިޕޯޓަކަށް ހެދުން.

 

  1. އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރުން

ހ- ފަރުދުންގެ ޙައްޤުތަކާއި، ޕްރައިވެސީއާއި، ކަރާމާތަށް އިޙްތިރާމް ކުރާނެ

ށ- ނަސްލު، ޖިންސު، ދީން، ދަރިކޮޅު، ސަގާފަތް ނުވަތަ ޒާތީ އައިޑެންޓިޓީގެ މައްޗަށް ބިނާކޮށް ތަފާތުކުރުންތައް ގެންގުޅޭ، ސްޓީރިއޯޓައިޕް ކުރާ ނުވަތަ ޕްރޮމޯޓްކުރާ ކޮންޓެންޓްތަކުން ދުރުހެލިވާނެ

ނ- ކުޑަކުދިންނާއި ހަވާސާ ވެފައިވާ މުޖުތަމައުތައް ހިމެނޭ ގޮތަށް ނާޒުކު ގްރޫޕްތައް ކަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭނެ

  1. 5. ދެފުށް ފެންނަ ސިޔާސަތު

ހ- ސްޕޮންސާ ކޮށްފައިވާ ނުވަތަ ބްރޭންޑެޑް ނުވަތަ ޕްރޮމޯޝަނަލް ކޮންޓެންޓް ލޭބަލް ކޮށް، އެ ކޮންޓެންޓް އިންޑިޕެންޑެންޓް އެޑިޓޯރިއަލް މަސައްކަތާ ތަފާތު ކުރެވޭނެ ގޮތަށް ލޭބަލް ކުރާނެ

ށ- ރައްކާތެރިކަމަށް ނުވަތަ ސިއްރު ކުރަން ޖެހިއްޖެ ހާލަތެއްގައި ނަން ހާމަ ނުކުރިޔަސް ވީހާ ވެސް ގިނަ ވަސީލަތްތަކެއް ހާމަކުރުން.

  1. ޖަވާބުދާރީ ކުރުވުން

ހ- ޕަބްލިޝްކޮށްފައިވާ ހުރިހާ ކޮންޓެންޓްގެ ޒިންމާ ނަގާނެ.

ށ- އޯޑިއަންސްގެ ފީޑްބެކް އަދި ޝަކުވާތަކަށް އެކްސެސިބަލް ޗެނަލްތައް ފޯރުކޮށްދީ، ވަގުތުން ވަގުތަށް އިޙްތިރާމްކޮށް ޖަވާބު ދިނުން.

ނ- ދުނިޔޭގެ މީޑިއާގެ އަޚްލާޤީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އެޑިޓޯރިއަލް ސްޓޭންޑަޑްތައް ގަވާއިދުން ރިވިއުކޮށް ރަނގަޅު ކުރުމަށް ވަޢުދުވުން.

 

  1. ވިޝުއަލް އަދި ޑިޖިޓަލް ކޮންޓެންޓްގައި އިންޓެގްރިޓީ

ހ- ފޮޓޯ، ވީޑިއޯ އަދި ޑިޖިޓަލް ކޮންޓެންޓް ހަގީގަތް އޮޅުވާލާ ގޮތަށް ނުވަތަ އޮޅޭ ގޮތަށް މެނިޕިއުލޭޓް ނުކުރާނެ.

ށ- އިލެސްޓްރޭޝަންސް، ސިމިއުލޭޝަން، ނުވަތަ އޭއައި ޖެނެރޭޓެޑް ވިޝުއަލްސް ބޭނުންކުރާއިރު ސާފުކޮށް ދެނެގަންނާނެ.

ނ- ހުރިހާ މީޑިއާއެއްގައި ކޮޕީރައިޓް، އިންޓެލެކްޗުއަލް ޕްރޮޕަޓީ އަދި ފެއަރ ޔޫސް ޕްރިންސިޕަލްތަކަށް އިހުތިރާމް ކުރާނެ.

 

  1. ސޭފްޓީ އެންޑް ރެސްޕޮންސިބިލިޓީ

ހ- ޚާއްޞަކޮށް ސެންސިޓިވް ރިޕޯޓިންގ ކޮންޓެކްޓްސްގައި ސޯސްތަކާއި، ކޮންޓްރިބިއުޓަރުންނާއި ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުން.

ށ- ނާޖާއިޒު ގެއްލުން ލިބި، ހަމަނުޖެހުން އުފައްދައި، ދޮގު މައުލޫމާތު ފެތުރުމަށް މަގުފަހިވާ ފަދަ ތަކެތި ޝާއިއު ނުކުރާނެ.

 

  1. ޕްރޮފެޝަނަލް ކޮންޑަކްޓް

ހ- އެކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ވަސީލަތްތަކާއި އާންމުންނާ އިޙްތިރާމްކޮށް ގުޅުން ދަމަހައްޓާނެ

ށ- ބަހާއި ޕްރެޒެންޓޭޝަންގެ ރޮނގުން ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާނެ.

ނ- ފޭރުމާއި، އޮޅުވާލުމާއި، އަޚްލާޤީ މިންގަނޑާ ޚިލާފު ޢަމަލުތަކުން ދުރުހެލިވުން.

 

  1. ކޮންޓިނިއުއަސް ލާރނިންގ

ހ- ނޫސްވެރިންނާއި މުވައްޒަފުންނަށް އެތިކަލް ސްޓޭންޑަޑްސް، ޑިޖިޓަލް ލިޓްރަސީ އަދި ޒިންމާދާރު ރިޕޯޓިން ފަދަ ތަމްރީނުތައް ދިނުމާއި ކެޕޭސިޓީ ބިލްޑިންގއަށް ބާރުއަޅާނެ.

ށ- ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މީޑިއާގެ މާހައުލުގައި އިތުބާރު ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކަށް އަދާހަމަކޮށް ފައިހަމަކުރަމުން ދާނެ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.