ކާމިޔާބު ޑްރާމާތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ތެހެރީމް ޗޯދަރީގެ ޑްރާމާ “ހަމްނަވާ” ފަށަން ތައްޔާރުވެއްޖެއެވެ.
ހުނައިން ޝާހިދު، ސުމައްޔާ ބުޚްޝް އަދި މެހެނޫރް ޕަރްވޭޒް ލީޑް ރޯލުން ފެނިގެންދާ “ހަމްނަވާ” ގައި ކިޔައިދޭނީ އިތުބާރު ގެއްލިފައިވާ ގުޅުމެއްގައި ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ލޯބީގެ ބާރުގައި ހިތް ކުރާ މަސައްކަތްތަކެވެ.
މުޙައްމަދު އަތަރް އަންސާރީގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކުރާ “ހަމްނަވާ” އަކީ މިއަހަރު ޖީއީއޯ އެންޓަޓެއިންމެންޓުން ގެނެސްދިން އާއިލީ ލޯބީގެ ޑްރާމާ “ޕިޔާރީ ނިންމޯ” އާއި ގްރީން އެންޓަޓެއިންމެންޓުން ގެނެސްދިން ސަސްޕެންސް ޑްރާމާ “ޝަރަކަތު” ގެ ޑައިރެކްޓަރު ސާމީ ސަނީ ޑައިރެކްޓްކުރާ ސީރީޒެކެވެ.
މި ހިނގާ ޑިސެމްބަރު މަހުގެ 31 ގައި ފަށަން ތާވަލުކޮށްފައިވާ “ހަމްނަވާ” ދައްކަން ހަމަޖެހިފައިވަނީ ޕާކިސްތާނު ޗެނަލް ގްރީން އެންޓަޓެއިންމެންޓުންނެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 19:00 ގައި މި ޑްރާމާގެ އާ އެޕިސޯޑެއް ގެނެސްދޭން ނިންމާފައިވާއިރު ޓީވީގެ އިތުރުން ގްރީން އެންޓަޓެއިންމެންޓްގެ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
