ހިތްގައިމު ވީޑިއޯ ލަވަތަކެއް ނެރެމުން އަންނަ އިން ކްލިކްސްގެ 11 ވަނަ ވީޑިއޯ ލަވަ ނެރެން ތައްޔާރުވެއްޖެއެވެ. މިފަހަރުގެ ލަވަ ނެރުމަށް ހަމަޖައްސާފައިވަނީ 1 ޖެނުއަރީ 2026 ވަނަ ދުވަހު ކަމަށް އެ ސްޓޫޑިއޯއިން ބުނެއެވެ.
”މިފަހަރު ލަވަ ރިލީޒްކުރަނީ ނިއު އިޔާގަ. އާ އަހަރުގެ ހަދިޔާއެއްގެ ގޮތުން ބެލުންތެރނނަށް ދޫކޮށްލާ ލަވައެއް.“
އިން ކްލިކްސް ސްޓޫޑިއޯއިން ބުނެފައިވެއެވެ.
އާ އަހަރާއި ގުޅުވައިގެން އިން ކްލިކްސް ސްޓޫޑިއޯއިން މިފަހަރު ނެރޭ ލަވައަކީ ވަރަށް ފޯރިގަދަ ލަވައެކެވެ. ޝަހީދާ މުޙައްމަދުގެ އަޑުން އިވިގެންދާ މި ލަވައަކީ ”ލޫޓުވީ ކަލާ“ އެވެ. މިއީ މަޝްހޫރު ނަށާ ގުރޫޕް އެކްސްޓްރީމް ލެވެލްއާއި ގުޅިގެން އުފައްދާފައިވާ ލަވައެކެވެ.
އިއްޔެ އިން ކްލިކްސް ސްޓޫޑިއޯގެ މީސްމީޑިއާ މަންސަތަކުގައި އާންމުކުރި ޓްރެއިލާއިން މި ލަވައިގައި ފޯރިގަދަ ނެށުންތަކެއްވެސް ފެނިގެންދާނެކަމަށް ބެލެވެއެވެ. އިބްރާހީމް ނިޔާޒް (އިއްބެ)، ޝަހީދާ އަޙްމަދު (ޑޯރާ) އަދި ރިއްކޮ ފެނިގެންދާ މި ލަވައިގެ ނެށުންތައް ތައްޔާރުކުރީ ޝައި އެވެ.
”ހިލަރީ ލޯންޖް އާއި ޑާކް ރެއިން އެންޓަޓެއިންމެންޓަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން، މިހާބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމުން. މި ލަވަ އެހާ ފުރިހަމައަށް ޝޫޓްކޮށް ނިންމާލެވުނީ އެ ދެފަރާތުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު.“
މި ލަވަ ސްޕޮންސާ ކޮށްފައިވާ ދެފަރާތާމެދު އިން ކްލިކްސް ސްޓޫޑިއޯއިން ބުނެއެވެ.
ޒިއްޕެގެ ކެމެރާއިން ކުލަކޮށްފައިވާ މަންޒަރުތައް ގުޅުވާލަދެނީ އިބްރާހީމް ނިޔާޒް (އިއްބެ) އެވެ. އައިޝާ އާއި ރިއްކޮގެ މޭކަޕާއި ހެދުންތައް ފެންނަ ”ލޫޓުވީ ކަލާ“ ގެ މިކްސިންގ އާއި ރެކޯޑިންގ ހެދީ މުޙައްމަދު އަޙްމަދު (ކޮއްކޮ) އެވެ. ޅެމާއި ޑައިރެކްޝަން ހެދީ އިބްރާހީމް ސުނިލްއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




