ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އައު އަހަރަށް ތައްޔާރުތަ؟

ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އެއް ވާހަކައެކެވެ. ދިމާވާ ކޮންމެ މީހެއްގެ ފުށުން އިވެނީވެސް އެއް ވާހަކައެކެވެ. “އައު އަހަރުގެ ތަހުނިޔާ ނުވަތަ ހެޕީ ނިއު ޔަރ” މި ބަސްކޮޅެވެ. އެއް ބަޔަކު ހިނިތުންވުމާއި އެކު މިބަސްކޮޅު ބޭރުކޮށްލާއިރު އަނެއްބަޔަކު މޫނުމަތި ކުނިކޮށްލަމުންނެވެ.

އާނ އެކެވެ. އައު އަހަރެއް ފެށިއްޖެއެވެ. ސުވާލަކީ އައު އަހަރަށް ތައްޔާރުތޯއެވެ. ތައްޔާރުވެވުނީ ކިހާވަރަކަށްތޯއެވެ.

ފާހަގަ ކޮށްލެވޭކަމަކީ ކޮންމެ ނިމުމަކާއިވެސް އެކުގައި ފެށުމެއް އަންނަކަމެވެ. އަދި ނިމުމާއި އެކު އެ ލިބުނު ފިލާވަޅުތަކުން ޢިބުރަތް ޙާސިލުކޮށް ކުރިއަށް އޮތް ފެށުން ރަނގަޅު ކުރަންޖެހޭކަމެވެ. ނިމިގެން ދިޔަ އަހަރަކީ އެތައް ގޮތަކުން އެމީހަކަށް ތަޖުރިބާތަކެއް ކުރަންޖެހުނު އަހަރަކަށް ވެދާނެއެވެ. އެ ތަޖުރިބާތަކުގައި ފޮރުވިފައިވާ ޢިބުރަތްތައް ދެނެގަންނަން މަސައްކަތްކޮށް އައު ހިތްވަރަކާއި އެކު ކުރިއަށް އޮތް އަހަރު ހުރިހާ ގޮތަކުން ކާމިޔާބު އަހަރަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ވަގުތު ޖެހުނީއެވެ.

އަޅުގަނޑު މިއަދު ހިއްސާ ކޮށްލާނީ އައު އަހަރަކަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ކޮންމެ ކަމެއްވެސް ފެށުމުގެ ކުރިން އެންމެ ފުރަތަމަ ވިސްނަންވީ ކަމަކީ އެމީހެއްގެ ވިސްނުން ފައްސި ކުރަންޖެހޭކަމެވެ. ފައްސި ވިސްނުމަކާ ނުލައި ފަށާ އެއްވެސް ކަމެއް ފައްސިކޮށް ދާނެކަމުގެ ފުރުސަތުވެސް ކުޑަވާނެ ކަމެވެ.

1- ނިމިދިޔަ އަހަރަށް ކަޅި ހިންގާލުން

އައު އަހަރަކަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންވިކަމަކީ، ނިމިދިޔަ އަހަރަށް ކަޅި ހިންގާލުމެވެ. ލިބުނު ކާމިޔާބީތަކާއި ނާކާމިޔާބީތައް ފާހަގަކޮށްލާށެވެ. ކުރިމަތިވި ގޮންޖެހުންތަކާއި ދޭތެރޭ ރަނގަޅަށް ވިސްނާލާށެވެ. އެވަގުތު އެ ދިމާވި ގޮންޖެހުންތަކާއި ކުރިމަތި ލެވުނު ގޮތާއި ދޭތެރޭ ވިސްނައިލުންވެސް މުހިންމެވެ. އެއަަށްވުރެ ރަނގަޅަށް އެކަމަށް ޙައްލު ގެނެވޭނެ ގޮތެއް އޮތްތޯވެސް ވިސްނައިލަންވާނެއެވެ. މިކަންކަމަށް ވިސްނާލައިފިނަމަ، އެމީހަކު ކުރިއަށް އޮތްތަނުގައި ކަންކަން ނިންމުމުގައި ބަލަންޖެހޭ ދިމާތައް ފާހަގަވެ، ރަނގަޅު ފިޔަޅުތަކެއް އެޅުމަށް އެހީއަކަށް ވެގެންދާނެެވެ.

2- ސާފު ލަނޑުދަނޑިތަކެއް ކަނޑައެޅުން

ދެވަނައަށް ކުރަންވި ކަމަކީ، ސާފު ލަނޑުދަނޑިތަކެއް ކަނޑައަޅާށެވެ. ގޮތްދެއްކުމުގެ ގޮތުންނާއި ދެއްކުންތެރިކަން އެއްފަރާތްކޮށް އެމީހަކަށް ކާމިޔާބު ކުރެވޭނެ ކަހަލަ ކުދިކުދި ގޯލްތަކެއް ކަނޑައަޅާ އެކަންކަން ޙާސިލްކުރަން މަސައްކަތް ކުރާށެވެ. އަދި މީގެ އިތުރުން އެމީހަކު ކުރާހިތްވާ ކަންކަން މި ލިސްޓްގައި ހިމަނައިލުން ވެސް މުހިންމެވެ. އެހެނީ އެކަންކަން ކުރަން އިތުރު ހިތްވަރެއް ދިނުމުގެ ގޮތުންނެވެ. އަދި ގޯލްތަކެއް ކަނޑައެޅުމުގައި ބަލަންވާނީ އެކަމަކީ އެމީހަކަށް އޭގެން ފައިދާއެއް ޞިއްޙީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭކަމެއްތޯއެވެ. އަދި ގުޅުންތަކާއި ގުޅޭ ގޯލްއެއް ނަމަ އެކަމަކުން ގުޅުން އިތުރަށް ވަރުގަދަވާނެ ކަންކަމަށްވެސް ބަލަން ވާނެއެވެ.

3- މާޒީން ކުރާ ނޭދެވޭ އަސަރުތަކުން މީހާ ސަލާމަތްވެހުރުން

ދެން ކުރަންޖެހޭ ކަމަކީ، މާޒީން ކުރާ ނޭދެވޭ އަސަރުތަކުން މީހާ ސަލާމަތްވެ، ކުރިއަށް ހުރި ޓަރގެޓްތައް ޙާސިލްކުރަން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތައްޔާރުވުމެވެ. މަޑުމަޑު ފިޔަވަޅުތަކަކުން ފައްޓާ ގޯލްއާއި ހަމައަށް ދިއުމަށް ދިރިއުޅުމުގައި ގެންނަންޖެހޭ ބަދަލުތައް ގެންނަން ފަށާށެވެ. ވަގުތުތައް ބަހާލައި ކަންކަން އިންތިޒާމުކޮށްލާށެވެ. އަދި ކޮންމެ ދުވަހަކަށްވެސް ޝެޑިއުލެއް ހަދައި ޝެޑިއުލާއި އެއްގޮތަަށް މަސައްކަތް ކުރެވޭތޯ ބަލަންވާނެއެވެ.

ޓަރގެޓްތައް ކަނޑައަޅާ، މީހާގެ މާހައުލާއި ނަފުސު އެކަމަށް ތައްޔާރުކުރުމަށްފަހު މަޑުމަޑުން ނަމަވެސް ކޮންމެ ދުވަހަކުވެސް އެ ޓާރގެޓްތައް ޙާސިލްކުރަން މަސައްކަތް ކުރާށެވެ. ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ ކަންކަން ޙާސިލުކުރަން ވަގުތު ނަގާނެ ކެމެވެ. ކެތްތެރިކަމާއި ހިތްވަރާއި އެކު ކުރިއަށްދާށެވެ. މަސައްކަތް ކުރާހާ ހިނދެއްގައި ކާމިޔާބުގެ ހުޅުކޮޅު ނުނިވޭނެއެވެ.

Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top