ދެކުނު އިންޑިއާގެ މަޝްހޫރު ބަތަލާ ނަޔަންތާރާގެ މިހާރު ކުޅެމުން އަންނަ ފިލްމު ”ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯންއަޕްސް“ ގައި އޭނާ ފެނިގެންދާނެ ގޮތް ދައްކާލައިފިއެވެ.
2023 ގައި ފިލްމު އިއުލާންކުރި ހިސާބުންވެސް ބެލުންތެރިން އެ ފިލްމަކަށް އިންތިޒާރުކުރަމުން އަންނަ ”ޓޮކްސިކް“ އަކީ ބޮޑު ކާސްޓެއްވެސް ހިމެނޭ ފިލްމެކެވެ. ޔަޝް، ނަޔަންތާރާ، ތާރާ ސުތާރިއާ، ހުމާ ޤުރޭޝީ، ރުކްމިނީ ވަސަންތު، އަކްޝޭ އޮބެރޯއީ އަދި ސުދޭވް ނައިރް ފަދަ ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެއެވެ. އަދި މިއީ 2022 ގައި ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލި ބޮޑު ފިލްމު ”ކޭއެފްޖީ 2“ އަށްފަހު ޔަޝް ކުޅޭ ފުރަތަމަ ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ.
ގީތޫ މޯހަންދާސް ޑައިރެކްޓްކުރާ މި ޕީރިއަށް ގޭންގްސްޓާ ފިލްމުގައި ނަޔަންތާރާ ކުޅެނީ ގަންގާ ނަމަކަށް ކިޔާ ވަރަށް ކެރޭ، ޖެހިލުންކުޑަ ގޭންގްސްޓާރެއްގެ ރޯލުކަމަށް ވެއެވެ. މީހެ ކުރިން ހުމާ ޤުރޭޝީ އާއި ކިއާރާ އަދުވާނީގެ ފުރަތަމަ ފެނިލުންވެސް ދައްކާލާފައިވާއިރު ކިއާރާ ކުޅެނީ ނާދިއާގެ ރޯލެވެ. އަދި މިއީ އޭނާ ވިހެއުމަށް ނެގި ޗުއްޓީއަށްފަހު ކުޅޭ ފުރަތަމަ ފިލްމެވެ.

ކަންނާޑާ އަދި އިނގިރޭސި ބަހުން އުފައްދާ ”ޓޮކްސިކް“ އަންނަ އަހަރުގެ މާރިޗު 19 ގައި ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާއިރު، ކަންނާޑާ އަދި އިނގިރޭސީގެ އިތުރުން ހިންދީ، ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް ބަހުން ޑަބްކޮށްގެންވެސް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 31 ޑިސެމްބަރ 2025ޚަބަރު”ޕަރީ“ ގެ ވީއެފްއެކްސް އާއި ސައުންޑް އިންޑިއާ ސްޓޫޑިއޯއަކުން
- 31 ޑިސެމްބަރ 2025ޚަބަރު”ޓޮކްސިކް“ ގައި ނަޔަންތާރާގެ ފުރަތަމަ ފެނިލުން ދައްކާލައިފި
- 30 ޑިސެމްބަރ 2025ޚަބަރުސަންޖޭ ލީލާ ބަންސާލީގެ ”ލަވް އެންޑް ވޯރ“ ގެ ޝޫޓިން އަނެއްކާވެސް ލަސްވެއްޖެ
- 30 ޑިސެމްބަރ 2025ޚަބަރުޕްރަބާސްގެ ”ދަ ރާޖާސާބް“ ގެ ދެވަނަ ޓްރެއިލާ ވަރަށް ޝައުޤުވެރި




