ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ދާމޭ މޮހައްބަތު” ފަށަނީ

ޕާކިސްތާން ޑްރާމާތަކަށް ލޯބިކުރާ ފަރާތްތަކަށް އަނެއްކާވެސް މިއޮތީ އުފާވެރި ޚަބަރެކެވެ. ހަމް ޓީވީއިން މުޅިން އަލަށް ފަށާ ލޯބީގެ ޑްރާމާ “ދާމޭ މޮހައްބަތު” ދައްކަން ފަށާ ތާރީޚު އިޢުލާން ކޮށްފިއެވެ.

ޝައުޤުވެރި ޕްރޮމޯ ޓީޒާތަކެއްވެސް ދައްކާލާފައިވާ މި ޑްރާމާގެ މައިގަނޑު ތަރިންގެ ތެރޭގައި މުބައްޝިރް މެހެމޫދް، ޖޭންސީ ޓީސާ، ސައްޖަދު ޕޯލް، އީމާން ޚާންގެ އިތުރުންވެސް ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. މި ޑްރާމާ އުފައްދާފައިވަނީ ލޯތްބާއި ޖަޒުބާތުގެ ތެރެއިން ތަޤުދީރާއި ދިރިއުޅުން ބަދަލުކޮށްލާފަދަ ހާދިސާތަކާއެކު ކޮންމެ ފިޔަވަޅެއްގައިވެސް ލޯބި އިމްތިހާނު ކުރެވިގެންދާނެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ކަމަށްވެއެވެ.

ސަމީނާ ތާހިރް ބަޓްގެ ސްކްރީންޕްލޭއަކަށް “ދާމޭ މޮހައްބަތު” ޑައިރެކްޓްކުރީ ސައްޔަދު ވައްހާބް ޖަފްރީއެވެ. ޕްރޮޑިއުސްކުރީ މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އިންނެވެ.

މި ހިނގާ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގެ ރޭ ހަމް ޓީވީއިން “ދާމޭ މޮހައްބަތު” ދައްކަން ފަށާއިރު މި ޑްރާމާގެ އެޕިސޯޑްތައް ހަފްތާގެ ކޮންމެ ރެޔަކު 19:00 ގައި ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top