މިދިޔަ ހަފުތާގައި ހަމް ޓީވީއިން ދައްކަން ފެށި ”މޭރީ ޝެހެޒާދީ“ ގެ ވާހަކަ ލިޔެދިން ޒަންޖަބީލް އާސިމް ޚާންގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ޑްރާމާ ސިލްސިލާ ”ތިންކޭ ކާ ސަހާރާ“ ދައްކަން ފަށައިފިއެވެ.
ސޯނިޔާ ޙުސައިން، ސާމީ ޚާން އަދި ރަބާބް ހާޝިމް އިސް ރޯލުތަކުން ފެނިގެންދާ މި ޑްރާމާގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ސަބާ ފައިސަލް، ހާރޫން ޝާހިދު، އަޔޭޝާ ތޫރް، އަދްނާން ޖަފަރް، ސަނާ އަސްކަރީ އަދި ނަވީދް ރާޒާ ފަދަ ތަރިން ހިމެނެއެވެ.
”ތިންކޭ ކާ ސަހާރާ“ ގައި ދައްކުވައިދޭނީ މުއްސަނދި ދިރިއުޅުމަކަށް ބޭނުންވެ، ކައިވެނިކުރާ އަންހެންކުއްޖެއްގެ ޙަޔާތުގައި ކަންތައްތައް ދިމާވާ ގޮތެވެ. އަދި މަސައްކަތެއް ނުކުރާ ފިރިމީހާ، ވަފާތެރި އަނބިމީހާގެ ސަބަބުން ބަދަލުވެގެންދާ ގޮތެވެ. މީގެ އިތުރުން މި ޑްރާމާގައި ޙަޔާތުގައި މުއްސަނދި ބައިވެރިޔަކަށްވުރެ ވަފާތެރި ބައިވެރިޔަކު މާރަނގަޅު ވާނެކަން ދައްކުވައިދޭނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
މޫމަލް އެންޓަޓެއިންމެންޓާއި މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ ”ތިންކޭ ކާ ސަހާރާ“ އަކީ ”ޔާރޭ ބޭވަފާ“، ”ކާސާއޭ ދިލް“ އަދި ”މޮހައްބަތު ދާގް ކީ ސޫރަތު“ ފަދަ ހިތްގައިމު ޑްރާމާތަކެއް ގެނެސްދީފައިވާ ޒީޝާން އަޙްމަދު ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ.
މިރޭ ހަމް ޓީވީއިން ”ތިންކޭ ކާ ސަހާރާ“ ދައްކަން ފެށިއިރު، މި ޑްރާމާގެ އާ އެޕިސޯޑްތައް ދައްކަން ނިންމާފައިވަނީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ. އަދި ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލްއިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




