ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޯޑަރ 2 ގެ “ގަރް ކަބް އާއޯގޭ” އިން ޖަޒުބާތީ ކޮށްލައިފި

މިއަހަރު ބޮލީވުޑުން ނެރެން ހުރި ފިލްމުތަކުން އެންމެ ގިނަ ބައެއް އެންމެ އިންތިޒާރުކުރާ އެއް ފިލްމަކީ “ބޯޑަރ 2” އެވެ. މިއީ 1997 ވަނަ އަހަރު ނެރުނު ހަނގުރާމަ މަތީ ފިލްމު “ބޯޑަރ” ގެ ސީކުއެލްއެކެވެ. ފިލްމާއި އެއްވަރަށް ބެލުންތެރިން އެ ލަވައެއްގެ އިންތިޒާރުގައި ތިބީ “ގަރް ކަބް އާއޯގޭ” އަށެވެ. ފިލްމުގެ ޓީމުން ވަޢުދުވި ގޮތަށް މިއަދު މިވަނީ އެލަވަ ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފައެވެ.

ޤައުމީ ޖޯޝާއި، ލޯތްބާއި ޖަޒުބާތު އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ “ގަރް ކަބް އާއޯގޭ” އަކީ “ބޯޑަރ” ފިލްމުގެ އެންމެ މަޝްހޫރުވި އަބަދަށް ފަހި ލަވައެކެވެ. މިފަހަރުގެ ލަވައަށް ކުޑަ ބަދަލެއް ގެނެސްފައިވާއިރު ކުރީގެ ލަވައިގެ އަސްލު ނުގެއްލޭ ގޮތަށް ހަމަ އިހުސާސްތަކާއެކު ގެނެސްދީފައިވާތީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް މި ލަވައަށްވެސް ވަނީ ލިބިފައެވެ.

“ގަރް ކަބް އާއޯގޭ” ގެ ލަވަކިޔުންތެރިންނަކީ ސޯނޫ ނިގަމް، ރޫޕް ކުމާރް ރާތޯޅް، އަރިޖިތު ސިންގ، ދިލްޖީތު ދޮސާންޖް އަދި ވިޝާލް މިޝްރާއެވެ. ރީމޭކްގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ މިތުން އެވެ. ޖާވިދު އަޚްތަރުގެ ލިރިކްސްއަށް އިތުރުކުރި ބައިގެ ޅެންވެރިޔަކީ މަނޯޖް މުންތަޝިރްއެވެ.

މިރޭ ޔޫޓިއުބްގައި ޕްރޮމޯ ވީޑިއޯ ލަވަ ރިލީޒްކޮށްފައިވާއިރު މިހާތަނަށް 2.3 މިލިއަން ވިއުސް ލިބިފައިވެއެވެ. އަދި އޭގެ އިތުރުން އޯޑިއޯ ލަވަ އެއްކޮށް މިއުޒިކް ހުރިހާ މަންސައަކުން އަޑުއަހާލެވެން ހުންނާނެއެވެ. ލަވައަށް ބެލުންތެރިންނާއި އެހުންތެރިންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު ގިނަ މީހުން ބުނެފައިވަނީ މި ލަވައިން ވަރަށް ބޮޑަށް ޖަޒުބާތީވެއްޖެ ކަމަށާއި ކުރީގެ ވަރަށް ގިނަ ހަނދާންތަކެއް އާވެއްޖެ ކަމަށެވެ.

ސަނީ ޑެއޯލް، ވަރުން ދަވަން، ދިލްޖީތު ދޮސާންޖް، އަހާން ޝެޓީ އިސް ރޯލުތަކުން ފެނިގެންދާ “ބޯޑަރ 2” ގެ މައިގަނޑު ރޯލުތައް ކުޅޭ އިތުރު ތަރިންނަކީ މޯނާ ސިންގ، ސޯނަމް ބަޖްވާ، އާނިޔާ ސިންގ، މޭދާ ރާނާ، ޕަރަމްވީރް ޗީމާ އަދި ގުނީތު ސަންދޫއެވެ. މީގެ އިތުރުން “ބޯޑަރ” ގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނުނު ސުނީލް ޝެޓީ، އަކްޝޭ ކަންނާ އަދި ސުދޭޝް ބެރީ ޚާއްސަ ފެނިލުމަކުން ފެނިގެންދާނެއެވެ.

ޓީސީރީޒް އާއި ޖޭޕީ ދައްތާ ފިލްމްސް ގުޅިގެން އުފައްދާފައިވާ “ބޯޑަރ 2” ޑައިރެކްޓްކުރީ އަނޫރާގް ސިންގއެވެ. ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 23 ގައެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top