ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަކްޝޭ އާއި ރާނީ ފުރަތަމަ ފަހަރަށް އެއް ފިލްމަކުން

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ރާނީ މުކަރްޖީ ފުރަތަމަ ފަހަރަށް އެކުގައި އެއް ފިލްމަކުން ފެންނަން އުޅޭކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ. ޕިންކްވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަކްޝޭގެ “އޯއެމްޖީ 3” އަށް ރާނީ ވަނީ ސޮއިކޮށްފައެވެ.

ފިލްމާއި ގާތް މަސްދަރަކުން ހާމަކުރާ ގޮތުގައި މިއީ މިފަހަކަށް އައިސް ފެންނާނެ އެންމެ ވަރުގަދަ ކާސްޓިންއެވެ. “އޯއެމްޖީ” އަކީ އަކްޝޭގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒް ކަމަށާއި ރާނީ މި ފިލްމާއި ގުޅުމުން އިތުރަށް ވަރުގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޑައިރެކްޓަރު އަމިތު ރާއީގެ މިފަހަރުގެ ވާހަކަ ކުރީގެ ދެބަޔަށްވުރެ ހުރިހާ ގޮތަކުންވެސް މާ ވަރުގަދަވެފައި ފުރިހަމަ ވާނެކަމަށް ބުނަމުން ހާމަކޮށްފައިވާ ގޮތުގައި އަދި ކުރިއަށް ދަނީ ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތެވެ. އަދި މި އަހަރުގެ މެދުތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަކަމަށްވެސް ފިލްމާއި ގާތް މަސްދަރަކުން ޕިންކްވިލާއަށް މަޢުލޫމާތު ދީފައިވެއެވެ.

މިއަހަރު އަކްޝޭގެ ގިނަ ފިލްމުތަކެއް ސިނަމާއަށް އަންނަން ތައްޔާރުވެފައިވާއިރު އޭގެ ތެރޭގައި އެއްކޮށް މަސައްކަތް ނިމިފައިވާ ތިން ފިލްމެއް ހިމެނެއެވެ. އެއީ “ބޫތު ބަންގްލާ”، ވެލްކަމް ޓު ދަ ޖަންގަލް” އަދި “ހައިވާން” އެވެ. އަދި ރާނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކުރާ “މަރްދާނީ 3” އާއި މިހާރު ޝާހް ރުކް ޚާންއާއެކު ޝޫޓްކުރަމުން އަންނަ “ކިންގް” ހިމެނެއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top