ވަން ޕީސް އޭ ބުނުމުން ގިނަ ފަރާތް ތަކަށް ހީވަނީ އެއީ މަންގާރ ރީޑާގެ ކޮމިކް އެއް ކަމަށެވެ. ނުވަތަ އެނިމޭޝަންއެއް ކަމަށެވެ. ނަމަވެސް 2023 ވަނަ އަހަރު ވަނީ ވަން ޕީސްގެ ލައިވް އެކްޝަން އާއްމުންނަށް ދޫކޮށްލާފައެވެ. ނެޓްފްލިކްސް އެކައުންޓެއް އޮންނަ ފަރާތް ތަކަށް ވަން ޕީސްގެ ލައިވް އެއްކްޝަން ފެނިގެން ދާނެއެވެ.
ލައިވް އެއްކްޝަންއަށް ބޮޑު ތަރުޙީބެއް ލިބެމުން ދިޔައިރު ވަން ޕީސް ސީޒަން ނިމިގެން ދިޔައީ “މަންކީ ޑީ ލޫފީ” އަށް “ކިންގް އޮފް ޕައިރޭޓްސް” ގެ ލަގަބު ލިބޭ ހިސާބުންނެވެ.
ފުރަތަމަ އެޕިސޯޑުން “މަންކީ ޑީ ލޫފީ”ގެ ކުޑައިރުގެ ހަނދާންތަކެއް ދައްކުވައިދޭއިރު “ޕައިރޭޓް” އެއީ އޭނަގެ ވަރަށް ވެސް ބޮޑު މަގްސަދަކަށް ވެގެން ދިޔައެވެ. ކަނޑު މަތީގައި އެތަކެއް ކަމެއް، އެތަކެއް ހާދިސާތަކެއް ފެނިގެން ދާއިރު “ޒޯރޯ ( ރޮނާ ޒޯރޯ )” އާ ދިމާވި ގޮތުގެ މައްޗައް އަލި އަޅުވާލައެވެ. ވަން ޕީސްގެ ފުރަތަމަ ސީޒަންގައި 8 އެޕިސޯޑް ހިމެނެއެވެ.

ވަން ޕީސްއަށް ސަޕޯޓްކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވަނީ ކީއްވެ؟
ވަން ޕީސްގެ ފުރަތަމަ އެޕިސޯޑް ރިލީޒްކޮށްފައި ވަނީ 2023 ވަނަ އަހަރުގައެވެ. ފުރަތަމަ ސީޒަން ނިމިގެން ދިޔައީ ބެލުން ތެރިންނަށް އަދި ވަން ޕީސްގެ ސަޕޯޓަރުން ނޭވާ ހިފަހައްޓާލަން ޖެހޭ ގޮތަކަށެއެވެ.
އަނެއްކާވެސް ސަޕޯޓަރުންނަށް މިއޮތީ އުފާވެރި ޚަބަރެއް ލިބިފައެވެ. އެއީ 2026 މާރިޗް 10ވަނަ ދުވަހު ނެޓްފިލިކްސް އަށް މީގެ އާ ސީޒަން 2 އަންނާނެ ކަމަށް ފިލްމްގެ ޕްރޮޑިއުސާ ވަނީ ހާމަކޮށްފައެވެ . ގިނަ ބަޔަކު ސުވާލުތައް އުފައްދަމުން ދަނީ ސީޒަން 1 އިން ފެނިގެން ދިޔަ އޮޑަމާ ރޯލު ކުޅެފައިވާ ތަރި މި ސީޒަނުން ފެނިގެން ދާނެބާއޭ ހީވެ ވަނީ ޝައްކު އުފައްދާފައެވެ. ވަން ޕީސް ސީޒަން 2 އިއުލާން ކުރި އިރު. ސީޒަން 2 ގައި ހަރަކާތްތެރި ވާނޭ މީހުންގެ ނަންތައް ވެސް ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި އިގަރަމްގެ ރޯލުން ފެނިގެން ދާނީ ޔޮންޑާ ތޯމަސް، އިޕޮންމަޓަމްސޫގެ ރޯލުން ފެނިގެން ދާނީ ޖޭމްސް ހިރޮޔޫކީ އެވެ.
ވަން ޕީސްގެ ޓްރެއިލާ އާއްމުންނަށް ދޫކޮށްލާފައި ވާއިރު، ނެޓްފްލިކްސް އަށް ވަން ޕީސް އަންނާނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
