ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހުނަރުތައް އެކްސްޕްލޯކުރުން : ދިރިއުޅުމުގެ އައު މަންހަޖެއް

ދުނިޔެ ދައުރުވަމުންދާ ވަރަކަށް އުނގެނުމާއި އުނގަންނައިދިނުމަކީ މުހިންމު ކަމެއްކަން ގިނަ މީހުންނަށް އެނގިގެންދެއެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް ޤާބިލްކަން ލިބިފައިވާނީވެސް އެކިމިންވަރަށެވެ. އެއީ އިންސާނާގެ ޝަޚްޞިއްޔަތާއި، ވިސްނުމާއި، އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކޮށްދޭ އަސާސެކެވެ.

ހުނަރެއް ދަސްކުރުމަކީ ނުވަތަ އެކްސްޕްލޯ ކުރުމަކީ ހަމައެކަނި އުނގެނުމަށް ކުރާކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އައު މަންހަޖެއް އެނގި، އުފާވެރި މުސްތަޤުބަލެއް ބިނާކުރުމަށް އެޅިގެންދާނެ އެންމެ މުހިންމު އެއްފިޔަވަޅެވެ. އާ ފަންނިއްޔާތެއް އުނގެނިގެން ކަމުގައިވިޔަސް، ނުވަތަ އާ ބަހެއް ދަސްކުރިކަމުގައިވިޔަސް އިންސާނާގެ އަމިއްލަ ދިރިއުޅުމަށް އެތައް ގިނަގުނަ ފަސޭހަތަކެއް ލިބިގެން ދެއެވެ.

ތަރައްޤީވެ ތަހުޒީބުވެފައިވާ މިޒަމާނުގައި ފޮތުގެ ތަޢުލީމަށް ބަރޯސާވުމުގެ ބަދަލުގައި އަމަލީ ހުނަރުތައް ދަސްކުރުމަކީ މުހިންމުކަމެކެވެ. އެހެންކަމުން އިންސާނާގެ ފޮރުވިފައިވާ ހުނަރުތައް ހޯދާ ދިރާސާ ކުރުމަށް އެތައް ފަސޭހަތަކެއް ވެއެވެ. މިސާލަކަށް ބަލާލާއިރު، ލިޔުން، ފެންކުލަ ޖެއްސުން ނުވަތަ ކުޅިވަރެއްގެ ތެރޭގައި ވަގުތު ހޭދަކޮށްފިނަމަ އިންސާނާގެ ޖަޒުބާތުތަކަށް ދުޅަހެޔޮ އައުޓްލެޓެއް ހެދިގެން ދެއެވެ. ހަމައެއާއެކު ދިރިއުޅުމުގެ އާއްމު ރޫޓީންއަކަށް ބެލެންސް ކުރަން ފަސޭހަވެގެން ދެއެވެ.

އަހަރެމެންގެ ދުވަހީ ދިރިއުޅުމުގެ ތެރޭގައި އާ ކަންތައްތަކެއް ދަސްކޮށްފިނަމަ ސިކުނޑީގެ ހަރަކާތްތައް އަވަސްކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ސްޓްރެސް އާއި ހާސްކަން ކުޑަވެއެވެ. މިކަމުގެ އިތުރުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދެއެވެ.

މިޒަމާނުގައި ހުނަރުވެރިކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ވަޒީފާއެއް ހޯދުމުގެ ރޮނގުންނާއި ނުވަތަ މަތީ ތައުލީމު ހާސިލްކުރުމުގައި އާ ހުނަރުތައް ދަސްކުރުމުން އަޅުގަނޑުމެންގެ މައްސަލަތައް ފަސޭހަވެގެންދާނެއެވެ. ކްރިޓިކަލް ތިންކިންގގެ ސަބަބުން އަޅުގަނޑުމެންގެ ލިޔުމުގެ ހުނަރުވެރިކަން އިތުރުކޮށްދެއެވެ. ދިވެހި ބަހާއި އިނގިރޭސި ބަހުގެ އިތުރަށް އާ ބަސްތައް ދަސްކުރުމުން ލިޔުމުގެ ހުނަރު ދަސްވެއެވެ. ހަމައެއާއެކު މުޖުތަމަޢުގެ ތެރޭގައި މުޢާމަލާތް ކުރުމުގެ ހިތްވަރު އާލާވެއެވެ. އެހެންކަމުން، މުޅި އުމުރަށް އުނގެނުމުގެ އާދަ އަށަގަންނުވަން ޖެހެއެވެ.

ހުނަރުތައް ތަރައްޤީކުރުމުން ލިބޭ ދުރުރާސްތާގެ ފައިދާތައް އިންތިހާއަށް ގިނައެވެ. އެއީ އަމިއްލަ ފަރުދުން ބާރުވެރިކުރުވައި، މުޖުތަމަޢުގައި އަގުހުރި، އުފެއްދުންތެރި މީހަކަށް އެމީހަކު ހަދައިދޭ ކަމެކެވެ.

ޚުލާސާކޮށް  ދަންނަވާ ނަމަ، ހުނަރުތައް އެކްސްޕްލޯ ކުރުމަކީ ހަމައެކަނި ކަމެއް ދަސްކުރުމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އައު މަންހަޖެކެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް ޚާއްޞަ ހުނަރެއް ލިބިފައިވާ މީހެކެވެ. އެ ހުނަރުތައް ދެނެގަނެ، އެކަންކަން ތަރައްޤީކުރުމަކީ ކާމިޔާބު މުސްތަޤްބަލެއް ބިނާކުރުމުގެ ތަޅުދަނޑިއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަދުއްރަހީމް4 ހަފްތާ ކުރިން

އަހަރެން އެތަކެއް ނަމެއްގައި މިއަށް އެބަ ކޮމެންޓް އަޅަމެވެ. މިފަހަރު މި ކޮމެންޓްކޮށްލީ އަދުއްރަހީމްގެ ނަމުގައެވެ.

Home
Menu
Search
Back to top